އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ފައުޖުތަކުން އީރާނުގެ ހޫޒިސްތާން ޕްރޮވިންސަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އީރާނުގެ ތެލުގެ ސިނާއަތާއި، އޮމީދިޔޭ ކައުންޓީގައި އޮންނަ އަގާޖާރީ އެއާޕޯޓެވެ.
ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ އޮފިޝަލުން ވަނީ މިއަށްވުރެ ފުޅާ ދާއިރާއެއްގައި ހަމަލާތައް ދޭނެކަމުގެ އިންޒާރު ދީފައެވެ. އެގޮތުން، މިހާރު ދެމުންދާ ހަމަލާތަކަކީ އީރާނުގެ އިގުތިސޯދުގެ މައި ނާރު ކަމަށްވާ ތެލުގެ ސިނާއަތް ހުއްޓުވުމަށް ދޭން ފެށި ހަމަލާތަކެއް ކަމަށް ވަނީ ބެލެވިފައެވެ. ހޫޒިސްތާން ޕްރޮވިންސަކީ އީރާނުގެ ތެޔޮ އެންމެ ގިނައިން އުފައްދާ އެއް ސަރަހައްދެވެ.
އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތަކުގެ ބޭނުމަކީ އީރާނުގެ އަސްކަރީ އަދި އިގުތިސޯދީ ބާރު ކަނޑުވައިލުމެވެ. ނަމަވެސް، މިކަމުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ބުނެފައިވާއިރު، މިކަމުގެ ސަބަބުން ސަރަހައްދީ ގައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި ބައެއް މީހުން މަރުވެ، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ. އަދި އެމެރިކާގެ މި އަމަލުތަކަށް ރައްދު ދޭނެކަމަށް އީރާނުން ވަނީ ބުނެފައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް