އެމެރިކާގެ 31 ސްޓޭޓެއްގައި މޭވާއާއި ތަރުކާރީއާ ގުޅުހުންހުރި ޕެރަސައިޓެއްގެ ސަބަބުން ގިނަ ބަޔަކު ބަލިވެއްޖެއެވެ.
އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވާގޮތުގައި، 'ސައިކްލޯސްޕޯރާ ކަޔެޓަނެންސިސް' ނަމަކަށް ކިޔާ ޕެރަސައިޓްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ސައިކްލޯސްޕޯރިއޭސިސްގެ 843 ކޭސް ވަނީ ކަށަވަރުވެފައެވެ. އިތުރު 1،500 އަށްވުރެ ގިނަ ކޭސް ދިރާސާކުރަމުން އަންނަކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ނަމަވެސް ސްޓޭޓްތަކުގެ ތަފާސްހިސާބުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަލިވި މީހުންގެ ޖުމްލަ އަދަދު 3،100 އަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ފެނިފައިވަނީ މިޝިގަން ސްޓޭޓުންނެވެ. އެ ސްޓޭޓުން އެކަނިވެސް 1،500 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވެއެވެ.
މި ބަލި ފެތުރެން މެދުވެރިވި ވަކި ބާވަތެއްގެ ކާނާއެއް އަދި ކަށަވަރުވެފައި ނުވި ނަމަވެސް، މީގެ ކުރިން މިފަދަ ބަލިތައް ފެތުރިފައިވަނީ ލެޓިއުސް، ބޭސިލް އަދި ކޮތަނބިރި ފަދަ ބާވަތްތަކުންނެވެ. އެހެންކަމުން، ސީޑީސީ އަދި ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަންނަނީ މިކަން އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި މިހާތަނަށް އެއްވެސް އުފެއްދުމެއް ބާޒާރުން ނެގުމަށް އަންގާފައެއް ނުވެއެވެ.
އޮހާޔޯ ޑިޕާޓްމަންޓް އޮފް ހެލްތުގެ ޑިރެކްޓަރު ޑރ. ބްރޫސް ވެންޑަހޮފް ވިދާޅުވި ގޮތުގައި، މިއީ ހަށިގަނޑުން ފެން މަދުވުމަށް މެދުވެރިކުރުވާފާނެ ސީރިއަސް ބައްޔެކެވެ. އަދި މިޝިގަންގެ ޗީފް މެޑިކަލް އެގްޒެކެޓިވް ޑރ. ނަތާޝާ ބަގްދަސާރިއަން ފާހަގަކުރެއްވި ގޮތުގައި، އާންމުކޮށް އަހަރެއްގެ މައްޗަށް ފެންނަ ވަރަށްވުރެ ކުއްލިއަކަށް މި ބަލީގެ ކޭސްތައް ވަނީ އިތުރުވެފައެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް