މިވަގުތު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖެނިކް ސިނާ، ވިންބަލްޑަންގެ ތަށި ދިފާއުކޮށްފިއެވެ.

ވިމްބަލްޑަން ފައިނަލުގައި އިޓަލީގެ ސިނާ، މުބާރާތުގައި ދެވަނައަށް ސީޑު ކޮށްފައިވާ ޖަރުމަނު އެލެކްސެންޑާ ޒްވެރޭވް ބަލިކުރީ ވާދަވެރި މެޗަކަށްފަހުއެވެ. ފުރަތަމަ ސެޓު ޓައި ބްރޭކަށް ގޮސް ޒްވެރޭވް ގެންދިޔައީ 6(7)-7(9) އިންނެވެ. ދެވަނަ ސެޓުވެސް ޓައި ބްރޭކަށް ގޮސްފައިވާ އިރު، އެ ސެޓު ސިނާ ގެންދިޔައި 7(7)-6(2) އިންނެވެ. ދެން ކުޅުނު ދެ ސެޓުގައި ސިނާ ވަނީ އޭނާއަކީ އެއްވަނަކަން ސާބިތުކޮށްދީފައެވެ. އެއީ 6-3 އަދި 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.

ފްރެންޗް އޯޕަން ކާމިޔާބުކުރީ ޒްވެރޭވް މެޗަށްފަހު މަޖާ ރާގެއްގައި ބުނީ މިހާރު "ސިނާގެ މާ ގަޔާ ނުވާ" ނުވާ ކަމަށެވެ. ރޭގެ ނަތީޖާއާއެކުވެސް ދުނިޔޭ ރޭންކިންގެ ދެވަނައަށް ޒްވަރޭވް ޖެހިލާފައިވާ އިރު، އޭނާ ބުނީ ސިނާ ދައްކައިދިނީ އޭނާއަކީ ދުނިޔޭގެ އެއްވަނަ ކަމަށެވެ.

ތިން ގަޑިއިރާ 46 މިނެޓަށް ދެމިގެންދިޔަ ފައިނަލަކީ ސިނާގެ ކެރިއަރުގައި ދެވަނައަކަށް އެންމެ ދިގު ފައިނަލެވެ. ޒްވަރޭވާ ދެކޮޅަށް ކުޅުނު 10 މެޗުންވެސް ސިނާ މިހާތަނަށް މޮޅުވެފައިވާ އިރު، ސިނާއަކީ 1968 ވަނަ އަހަރު ޓެނިހުގެ އޯޕަން އެރާ ފެށިފަހުން ވިމްބަލްޑަން ދިފާއުކުރި 10 ވަނަ ކުޅުންތެރިޔާއެވެ. ރޭގެ ތަށްޓަކީ ސިނާގެ ކެރިއއަރިގައި ފަސްވަނަ ގްރޭންޑް ސްލޭމެވެ. އަދި މިއީ މިއަހަރުގައި ސިނާގެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށްޓެވެ.

މިއަހަރުގެ ވިމްބަލްޑަން އަންހެން ޗެމްޕިއަނަކީ ލިންޑާ ނޮސްކޯވާއެވެ. އޭނާ ފައިނަލުގައި ވާދަކުރީ ކަރޮލީނާ މޫޗޯވާއާ ދެކޮޅަށެވެ.