އިނގިރޭސިވިލާތުގައި ކުރިއަށްދާ ވިމްބަލްޑަން ޓެނިސް ގްރޭންޑް ސްލޭމް މުބާރާތުގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލުގައި އެންމެފަހުން ދެ ފަހަރުގެ ޗެމްޕިއަން ކާލޮސް އަލްކަރާޒް އެމެރިކާގެ ޓައިލާ ފްރިޓްޒް ވާދަކުރަން ޖެހުނު އިރު، އަނެއް ސެމީ މެޗުގައި ދުނިޔޭގެ އެއްވަނަ ޔަނިކް ސިނާ އަދި ނޯވަކް ޖޮކޮވިޗް ވާދަކުރަން ޖެހިއްޖެއެވެ.

ސިންގަލްސް ކުއާޓާ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާ އިރު، ސެމީގެ ފުރަތަމަ މެޗުތަކުން އަލްކަރާޒާއި ފްރިޓްޒް ވަނީ ސެމީ ޔަގީން ކޮށްފައެވެ. ދެން ކުޅުނު ކުއާޓާ ފުރަތަމަ މެޗުގައި އިޓަލީގެ ފްލާވިއޯ ކޮބޮލީއާއި ޖޮވިޗް ވާދަކޮށް، ޖޮކޮވިޗް މެޗު ކާމިޔާބުކުރީ ފަހަތުން އަރައެވެ.

ފުރަތަމަ ސެޓު، ކޮބޮލީ ގެންދިޔައީ 7(8) - 6(6) ގެ ނަތީޖާއަކުންނެވެ. ޖޮކޮވިޗް ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރި ނަމަވެސް، ފަހަތުން އަރައި ސެޓުތައް ގެންދިޔައީ 6-2، 7-5 އަދި 4-6 ގެ ނަތީޖާއަކުންނެވެ.

މިވަގުތު ދުނިޔޭގެ އެއް ނަމްބަރު ކުޅުންތެރިޔާ ސިނާ، ބެން ޝިލްޓަން ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 7(7) - 6(2)، 6-4 އަދި 6-4 އިންނެވެ.

ވިމްބަލްޑަން ސިންގަލްސް ސެމީ ފައިނަލް މެޗުތައް މިއަދު އޮންނަ އިރު، އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރާނީ އަމާންޑާ އަނިސިމޯވާއާއި އީގާ ސްވިއަޓެކެވެ. މިފަހަރު މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ސެމް ވާބީކާއި ކަތެރީނާ ސިނިއަކޯވާއެވެ.