މިދިޔަ ހޮނިހިރު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން ހުޅުމާލޭގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމުގެ މައްސަލައިގައި، ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައިކަމަށް ފުލުހުން ބުންޏެވެ.
އެ ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަނީ، ބަޔަކު މީހުން ސްކޫލްގެ ތެރެއަށް ވަދެގަނެ، އެތަނުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނަށް ހަމަލާދޭ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއީ އެތަނުގައި ތިބި ދެ ގްރޫޕެއް މެދުގައި ހިނގި ހަމަނުޖެހުމެކެވެ.
އެ ހަމަނުޖެހުމުގައި އެކަކު އަނެކަކަށް ގޮނޑިން ހަމަލާދީފައިވާއިރު، އެ ސަރަހައްދުގައި ތިބި ފުލުހުންނަށް މަސްލަހަތު ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތަކަކާ ކުރިމަތިވެ، ހަމަނުޖެހުން ގިނަ އިރުތަކަކަށް ދެމިގެން ދިޔައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް