ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު ފެނުމުގައި ރެފްރީންގެ ނިންމުންތައް ފެނުނީ ރަނގަޅަށް ކަމަށް އާޖެންޓީނާގެ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒް ބުނެފިއެވެ.
މިފަހަރު މުބާރާތުގެ ގަދަ 16 ގައި އާޖެންޓީނާއާއި މިސްރު ބައްދަލުކުރި މެޗަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ބޮޑު އެއް މައްސަލަގަނޑު އުފެދުނު މެޗަށް ވެއްޖެއެވެ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން 3-2 ގެ ނަތީޖާއަކުން މިސްރު ބަލިކުރި، އެމެޗަށްފަހު މިސްރު ޓީމުންނާއި ގިނަ ފަރާތްތަކަކުން ވަނީ ރެފްރީއަށް ތުހުމަތުތަކެއް ކޮށްފައެވެ.
އެގޮތުން މިސްރު ޓީމުގެ ފަރާތުން ކޯޗު ހޮސާމް ހަސަން އެމެޗަށްފަހު ބުނީ ފީފާއިން އާޖެންޓީނާއަށް ތަށި ދޭން އުޅޭ ކަމަށެވެ. އަދި އިންސާފުން ބޭރުން މިސްރު ކަޓުވާލީ ރެފްރީ ކަމަށްވެސް އޭނާ ބުންޏެވެ.
އެމެޗުގައި އެންމެ ފުރަތަމަ ބޮޑު މައްސަލައެއް ދިމާވީ މިސްރުން ކާމިޔާބުކުރި ގޯލެއް ރެފްރީ ކެންސަލް ކުރުމާ ގުޅިގެންނެވެ. މިސްރުގެ މުސްތަފާ ޒީކޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް މެދުވެރިކޮށް ބެލުމަށްފަހު، މެޗުގެ ރެފްރީ ފްރާންސުވާ ލެޓެކްސިއޭ ވަނީ އެ ގޯލު ކެންސަލްކޮށްފައެވެ. އެއީ އެ ހަމަލާ އުފެއްދުމުގެ ކުރިން މިސްރުގެ މަރްވާން އަތިއާ، އާޖެންޓީނާގެ ލިސާންޑްރޯއަށް ފައުލް ކޮށްފައިވާތީއެވެ.
"ރެފްރީންގެ ނިންމުންތަކާ ދޭތެރޭ ބުނާނެ އެއްޗެއް ނެތް. އަހަންނަށް ހީވަނީ އެމީހުން ވަރަށް ރަނގަޅަށް މަސައްކަތް އެބަ ކުރާހެން. އެއީ މީޑިއާއަށް މި ބުނީ އެހެން. ބައެއް ފަހަރު މީޑީއާތަކުން ކޮންޓްރަވާސީސް އުފައްދާ. އަހަރެމެން އަސްލު ނުވެސް ވިސްނަން އެކަމަކަށް. މެޗުގައި ތަފާތު ދައްކަން ވިސްނަނީ،" ލިސާންޑްރޯ ބުންޏެވެ.
އާޖެންޓީނާ މިސްރު މެޗުގައި ރެފްރީގެ ގޯހެއް ނުހިނގާ ކަމަށް ފީފާގެ ޗީފް އޮފް ރެފްރީއިން ޕިއޭލުއީޖީ ކޮލީނާވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އަދި އެކަމުގެ ބަހުސްތައް ސޯޝަލް މީޑިއާގައިވެސް ފެތުރެމުން ދެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް