ސިއިްހީ ދާއިރާއިން އުމްރާނީ ތަރައްގީގެ 166 ޕްރޮޖެކްޓް މިހާރުވެސް ކުރިއަށް ދާ ކަމަށް މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާއަކީ ތަރައްގީގެ އެންމެ ގިނަ ޕްރޮޖެކްޓްތައް ކުރިއަށްދާ ދާއިރާ ކަަމަށެވެ.
އެކި ސްޓޭޖުތަކުގައި ކުރިއަށްދާ އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި، ސަރުކާރުން ސީދާ ފައިސާ ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކާއި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތައް ހިމެނޭ ކަމަށެވެ.
"މިއިން ކޮންމެ ޕްރޮޖެކްޓަކީ ވެސް އެ ރަށެއްގައި، ނޫނިއްޔާ އެ ތަނެއްގައި ގާއިމުކުރެވޭ ސިއްހީ ހިދުމަތުގައި އިތުރު އެހެން ކުރިއެރުންތަކެއް، އެ ހިދުމަތަށް ގެނެސްދޭނެ ޕްރޮޖެކްޓުތަކެއް، އޭގެ ތެރޭގައި އެމްއާރުއައި މެޝިން ބެހެއްޓުމަށްޓަކައި އޭގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި ބޭނުންވާ މުވައްޒަފުން އެކި ތަންތަނުގައި ގާއިމުކުރުމާއި ދަތުގެ ފަރުވާއަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރުމާއި ޑައިލިސިސް ހިދުމަތްތައް، މިހާރު ވެސް ފޯރުކޮށް ނުދެވޭ ބައެއް ރަށްރަށަށް ފޯރުކޮށްދިނުމާއި ސީޓީ ސްކޭން ގާއިމުކުރުން،"
އެގޮތަށް ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އެތައް ޕްރޮޖެކްޓްތަކެއް އަތޮޅު ތެރޭގައި މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ސިއްހީ ހިދުމަތަށް ކުރާ ހޭދައަކީ ފައިސާއިން އަގުމަގު ކުރާ އެއްޗަކަށްވުރެ ބޮޑަށް، ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއް ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ރާއްޖެއިން ރަނގަޅު ފަރުވާ ލިބޭނެ ގޮތް ހެދުމަށްޓަކައި ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ހިދުމަތްތައްތަކެއް ރާއްޖެއަށް ފުޅާކޮށްފައިވާ ކަމަށެވެ.
އެކަމުގެ ސަަބަބުން ވޭތުވެދިޔަ ތިން އަހަރު، އާސަންދައިގެ ހިދުމަތުން ރާއްޖޭން ބޭރަށް ފަރުވާ އަށް ދިޔަ މީހުން މަދުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން 2023 އިން 2025ގެ ނިޔަލަށް ބަލާއިރު، 338 މީހުންގެ މަދުވުމެއް ގެނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މި ބަދަލު ބޮޑުތަނުން ނުފެންނަނީ ކެންސަރު ބަލީގެ ފަރުވާއަށް ފޮނުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވޭ މީހުންގެ އަދަދު ވަނީ މަދު ކުރެވިފައި. އެގޮތުން 2023 ވަނަ އަހަރާ އަޅައި ބަލާއިރު 2025 ވަނަ އަހަރުގެ ނިޔަލަށް 338 މީހުން މަދު، ނަމަވެސް މި ތަފާތު ބޮޑުތަނުން ފެންނަ މައިގަނޑު ސަބަބަކީ ކެންސަރު ބަލިތަކަށް ރާއްޖޭން ބޭރަށް ފޮނުވޭ ބަލި މީހުންގެ އަދަދު އިތުރުވަމުން އައިސްފައިވުން،"
އެގޮތުން 2023 ވަނަ އަހަރާ އަޅައި ބަލާއިރު 2025 ވަނަ އަހަރު 483 މީހުން ކެންސަރާ ގުޅުންހުރި ކަންތައްތަކުގައި ދޭން ބޭރަށް ފޮނުވާފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.
"ކެންސަރު ބައްޔަށް ފަރުވާ ހޯދި ފަރާތްތައް އުނިކޮށް ދެން ރިފާ ކުރެވޭ ހިދުމަތްތަަކަށް ބަލާނަމަ ރާއްޖޭން ބޭރަށް ފޮނުވިފައިވާ އަދަދު 2023 އަޅައި ބަލާއިރު 2025 ވަނަ އަހުރު 821 މީހުން ވަނީ މަދުވެފައި،"
އިބްރާހިމް ޒަކީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ކޮމެންޓް