އިތުރު ހިދުމަތްތަކާ އެކު ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް ކުރިއަށް ގެންދަން ހަވާކު ކޮށްފައިވާ ކަމަށް މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަ ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުމާލޭގެ ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތްތަކާ ބެހޭގޮތުން، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ހުލުމާލެ ހޮސްޕިޓަލްގެ އެކްސްޕެންޝަން މަޝްރޫއެއް ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި ކުރިއަށް ގެންދަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ހޮސްޕިޓަލަށް 250 އެނދު އިތުރު ކުރުމުގެ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޓެކްނިކަލް ޕްލޭނިން އާއި ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ. މި މަޝްރޫއު ނިމުމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގެ ޖާގަ އާއި އެނދުގެ އަދަދު އިތުރު ކުރެވި އިތުރު ސްޕެޝަލިޓީގެ ހިދުމަތްތައް ފެށި، ޒަމާނީ އޮޕަރޭޝަން ތިއޭޓަރެއްގެ ހިދުމަތްތައްވެސް ލިބިގެންދާނެ ކަމަށެވެ.