ބަހްރެއިންގެ ފުންނާބު އުސް ހޮޓެލް ކުންފުންޏެއް ކަމަށްވާ ގަލްފް ހޮޓެލްސް ގްރޫޕު (ޖީއެޗްޖީ) ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ގަލްފް ހޮޓެލްސް ގްރޫޕް (ޖީއެޗްޖީ) އިން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ކެރެޓްސޫ ޕްރައިވެޓް ލިމިޑެޓާއެވެ.
ކެރެޓްސޫއަކީ މީގެ ކުރިން ހިލްޓަން މޯލްޑިވްސް އަމީންގިރި އާއި ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ފަދަ ރިސޯޓުތައް ޑިޒައިންކޮށް، ޕްލޭންކޮށް އަދި ތަރައްގީ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެކެވެ.
މާލެ އަތޮޅުގައި ތަރައްގީ ކުރާ މި ލަގްޒަރީ ރިސޯޓު ތަރައްގީ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި 25 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.
މި ރިސޯޓުގެ ޑިޒައިންގައި ބީޗް ފްރޮންޓް އަދި ވޯޓާ ވިލާތައް ހިމެނޭ އިރު، ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމު ކުރުމަށް ވަނީ ރާވައިފައެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު ރެސްޓޯރެންޓްތަކާއި ހިތްފަސޭހަ ވެލްނެސް ސެންޓަރަކާއި އަދި ތަފާތު ރިކްރިއޭޝަން ހަރަކާތްތަކަށް ހާއްސަ ސެންޓަރުތައް ހިމެނޭނެ ކަމަށް ޖީއެޗްޖީން ބުނެފައިވެއެވެ.
ޖީއެޗްޖީގެ ސީއީއޯ އަހުމަދު ޖަނާހީ ވިދާޅުވި ގޮތުގައި، މިއީ އެ ކުންފުނީގެ ހިދުމަތްތައް އިންޑިއާ ކަނޑުގެ ސަރަހައްދަށް ފުޅާކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.
ފަންސާސް އަހަރަށްވުރެ ދިގު މާޒީއެއް އޮތް މި ކުންފުންޏަކީ ބަހްރެއިންގެ އިތުރުން ޔޫއޭއީ އާއި އެފްރިކާގެ ގައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ގިނަ އަދަދެއްގެ ރިސޯޓާއި ހޮޓާތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.
ރާއްޖޭގައި ތަރައްގީކުރާ މި ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ހޮޓެލް ބްރޭންޑަކާ ގުޅިގެންނެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އަލީ ޔާމިން
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ކޮމެންޓް