މާލޭ ގ. މިތުރުގޭގައި ރޯވެ، އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ މިތުރު ގޭގައި ރޯވި އަލިފާނުގެ ހާދިސާގެ މައުލޫމާތު މިއަދު 08:39 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް މިއަދު 09:08 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
އެ ގޭގެ ތިންވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ސޮކެޓެއްގައި ރޯވެ ހިނގި މި ހާދިސާގައި، އެ އެޕާޓްމަންޓަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖަމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން މިއަދު ބުނީ އެ ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެ ގޭގައި ޖުމްލަ ހަތަރު މީހުން ދިރިއުޅެމުންދިޔައެވެ.
އެންޑީއެމްއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުން ފެންނަނީ އެ ކޮޓަރީގައި ހަރުކޮށްފައިވާ އޭސީ އިންޑޯ ޔުނިޓުގެ ކަވަރުވެސް ވިރިފައިވާ މަންޒަރެވެ. އޭގެ އިތުރުން ކޮޓަރީގެ ސޮކެޓުތައް އަނދާފައިވާ އިރު، މުޅި ކޮޓަރީގައި ވަނީ ދުމުގެ އަސަރުކޮށް ފާރުތައް ކަޅުވެފައެވެ.
މިއަދު ހިނގި އިތުރު އަލިފާނުގެ ހާދިސާގައި މ. މުނިޔާ މަގުގައި ހުންނަ ޖަޔާކުޝަން (ޖާޔާ ކުންފުނީގެ ގުދަނެއް)ގައި ވަނީ ރޯވެ އަނދައިފައެވެ. އެމްއެންޑީއެފްއިން ބުނީ އެ ތަނަކީ ހެނދުންކަނޑާ ފޮއްޗާއި ބަރަނި ފަދަ ތަކެތީގެ ގުދަނެކެވެ.
"ދެބުރިއަށް އިމާރާތްކޮށްފައިވާ އެ ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫން. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ އިމާރާތާ ޖެހިގެން ހުރި ގޭގައި ދިރިއުޅޭ 10 ބިދޭސީއަކު ވަނީ ވަގުތީ ގޮތުން ހުސްކުރެވިފަ." މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
ކޮމެންޓް