އީރާނުން އަވަހާރަކޮށްލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމަނިކުފާނުގެ ނަން ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ތުރުކީގައި އޮތް ނޭޓޯ ސަމިޓަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް “އެއާފޯސް ވަން” ގައި ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް އީރާނުގެ ނުރައްކާ އަބަދުވެސް އޮވެއެވެ.
މި ދަތުރުފުޅުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މަތިންދާބޯޓުގެ ކުޑަދޮރުތަކުގެ ފަރުދާތައް ލެއްޕުމަށް ނޫސްވެރިންނަށް އަންގާފައިވެއެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ ނުރައްކާތެރި ސަރަހައްދަކުން ދަތުރުކުރާތީ އެޅި ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، ގަތަރުން ހަދިޔާކޮށްފައިވާ އާ މަތިންދާބޯޓުގެ ބަދަލުގައި، މި ދަތުރުފުޅުގައި ޓްރަމްޕް ބޭނުންކުރެއްވީ އެމެރިކާގެ ރައީސުން ކުރިން ބޭނުންކުރެއްވި، މިސައިލް ހަމަލާތަކުން ރައްކާތެރިވުމުގެ ނިޒާމުތައް ފުރިހަމައަށް ގާއިމުކޮށްފައިވާ ދުވަސްވީ މަތިންދާބޯޓެކެވެ.
ޓްރަމްޕްގެ ކެމްޕެއިން ޓީމުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗިއުންގް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރާނެއެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ދަތުރުކުރެއްވި މަތިންދާބޯޓު ބަދަލުކޮށްފައިވަނީ އެމެރިކާގެ ސީކްރެޓް ސަރވިސްގެ ލަފާގެ މަތިންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން މީގެ ކުރިންވެސް ވަނީ އީރާނުން ޓްރަމްޕަށް އޮތް ނުރައްކާ ބޮޑުވެފައިވާކަން އަންގައި، ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނުން ޓްރަމްޕަށް އަމާޒުކޮށް ހަމަލާދޭން މަސައްކަތްކުރަނީ 2020 ވަނަ އަހަރު އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް ޓްރަމްޕް ދެއްވި އަމުރާ ގުޅިގެން ބަދަލުހިފުމުގެ ގޮތުންނެވެ. މި ދަތުރުފުޅު ކުރައްވާފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ހަމަލާތަކެއް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް