ސަބަބެއް ނެތި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އެޅުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަންގާފައިވާނެ ކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބަލިވެގެން ދަރިވަރުން ސްކޫލަށް ނުދިޔަ ނަަމަވެސް، އެއްވެސް ސަބަބަކާހުރެ ދަރިވަރު ސްކޫލަށް ނުދިއުމަކީ ވެގެންވާނެ ގޮތްނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސްކޫލަށް ނުދާ ދަރިވަރުންނަށް އެންމެ ހަރުކަށި ފިޔަވު އަޅަން ފެށީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށެވެ. އޭރު ސްކޫލަށް ނުދާ ކުދިން ދެނެގަނެ، އެ ކުދިން އަލުން ސްކޫލަށް ގެނައުމަށް ގިނަ މަސައްކަތްކަކެއް ކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އެމްޑީޕީ ސަރުކާރުން އަނެއްކާ ވެސް އެމްޑީޕީއަށް ވެރިކަން ލިބުމާ އެކު "މޮނިޓަރިން މެކޭނިޒަމް" ދަށްވެގެންދިޔަ ކަމަށެވެ.
އެހެންކަމުން މިދިޔަ ހަފްތާގައި ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، އެއްވެސް ސަބަބަކާހުރެ ސްކޫލަށް ނުދާ ދަރިވަރުން ދެނެގަނެ ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދަރިވަރަކު ސްކޫލަށް ނުގޮސް ހުންނަން މިނިސްޓްރީން ދޫކޮށްނުލާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ކޮމެންޓް