މިރޭ މިސްރުން އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި މިސްރުގެ ކޯޗު ހޮސާމް ހަސަން، ފަލަސްތީނުގެ ހައްގުގައި ވަރުގަދަ އަސަރުގަދަ ވާހަކަތަކެއް ދައްކައިފިއެވެ.
މިސްރުން ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފައިވާ އިރު، ގަދަ 32 ގެ މެޗުގައި އޮސްޓްރޭލިއާ ކައިރިން ހޯދި މޮޅަށްފަހުވެސް ހަސަން ވަނީ ފަލަސްތީނުގެ ދިދަ ވިހުރުވާލައިފައެވެ. މިސްރު ދިދައާއެކު ފަލަސްތީނު ދިދަ ހޮސާމް ވިހުރުވާލި އިރު، ޕްރީ މެޗު ޕްރެސްގައި އެކަން އެހެން ކުރީ ކީއްވެތޯ އޭނާއާ ނޫސްވެރިޔަކު ވަނީ ސުވާލު ކޮށްފައެވެ.
"ދުނިޔޭގެ އެއްވެސް ތަނެއްގައި ހުރި އިންސާނަކު ފަލަސްތީނު ރައްޔިތުން އެ އުފުލާ ތަކުލީފާ ދޭތެރޭ ނުވިސްނާނަމަ އެއީ އިންސާނިއްޔަތުކަމެއް ނެތީ. އަހަރެން ފަލަސްތީނު ދިދަ ހިފައިގެން ނުކުތީ އިންސާނަކަށްވީމަ. އަހަންނަކީ އަރަބި މުސްލިމެއް، ނޫނީ މިސާލަކަށް ކްރިސްޓިއަނެއް ނަމަވެސް، އޭގެ ކުރިން އަހަންނަކީ އިންސާނެއް. ފުޓުބޯޅައަކީ މިހާރު ދުނިޔޭގެ ސޮފްޓް ޕަވާއެއް. އޭގެ ތެރެއިން އަހަރެން ބޭނުންވޭ މި މެސެޖު ދޭން. ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅުނަދީ!. ދުނިޔޭގެ ހުރިހާ އެތުލީޓުންނާއި ނޫސްވެރިން މި މެސެޖު ފޯރުކޮށްދިނުން އެދެން،" ހަސަން ބުންޏެވެ.
މިސްރަށް ކުރިން ކުޅެ، މިހާރު ކޯޗަކަށް ހުރި ހަސަން ބުނީ އިންސާނީ ހައްގާއި، އެހެން ޖަނަވާރުތަކުގެ ހައްގުތަކުގެ ވާހަކަ ދައްކާއިރު ފަލަސްތީނުގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށެވެ.
އިޒްރޭލުގެ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށްލާފައިވާ އިރު، އެތުލީޓުންވެސް ޝަހީދު ކޮށްލާފައިވެއެވެ. އިޒްރޭލުން ގައްޒާއަށް އެހީގެ ތަކެތި ފޯރުކޮށްދޭ މަގުތައްވެސް ބަންދުކޮށްފައިވާ އިރު، ގައްޒާގައި ވަނީ މިހާރު ހައިހޫނުކަމުގެ ބޮޑު ކާރިސާއަކާ ކުރިމަތިވެފައެވެ. އެއީ ލާއިންސާނީ ބޮޑު ޖަރީމާއެއް ކަމަށް ޔޫއެންއިންވެސް މިހާރު ކަނޑައަޅާފައިވާ ފީފާއިން އެކަމުގެ ފިޔަވަޅު އިޒްރޭލަށް ފުޓުބޯޅައިން އަޅާފައެއް ނުވެއެވެ.
ހަސަން ވަނީ އެކަމުގެ ސަމާލުކަން ކުޑަކަން ފާހަގަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑު އުފުލާނެ ކަމަށް ބުނެފައެވެ.
މިރޭ މިސްރުން އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ އިރު، ހަސަން ބުނީ އާޖެންޓީނާއަކީ ދުނިޔޭގެ ޗެމްޕިއަން ކަމަށާއި ލިއޮނަލް މެސީއަކީ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އެހެން ނަމަވެސް ޖެހިލުން ނުވާނެ ކަމަށާއި، މިސްރުން ތަމްސީލު ކޮށްދެނީ އަރަބި ދުނިޔެއާއި އެފްރިކާ އެކުގައި ކަމަށްވެސް އޭނާ ބުންޏެވެ.
މިސްރާއި އާޖެންޓީނާ ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް