ދިރާގުޕޭ މެދުވެރިކޮށް ދިރާގު ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް، އިންޑޮނޭޝިޔާގެ ބާލީގައި ދެ މީހަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ މެދުގައި ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމާއި ދިރާގުޕޭގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކޮށް އަގުހުރި އިނާމެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

ދިރާގުން ބުނީ އެ ފުރުސަތު މިއަދުގެ ނިޔަލަށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ދިރާގުން ބުނީ ދިރާގުޕޭ މެދުވެރިކޮށް ދައްކާ ކޮންމެ ދިރާގު ބިލަކީ ގުރުއަތުގައި ބައިވެރިވުމަށް އިތުރު ފުރުސަތު ލިބި، ގިނަ ބިލްތައް ދައްކާ ކަސްޓަމަރުންނަށް ބާލީ ދަތުރު ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް ލިބޭ މި ދަތުރުގެ ތެރޭގައި ދެ މީހަކަށް ބާލީއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ހުރުމުގެ އިންތިޒާމުގެ އިތުރުން ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ހާއްސަ ޓުއާއެއް ވެސް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.