ގ. ފުންވަޅުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަންދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެއެމްޑީއެފް އިން ރޭ ބުނީ ގަލޮޅު، ފުންވަޅުގޭ ހަވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބުނީ 22:49 އެހާކަންހާއިރުކަމަށެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުން 25 މީހަކަށް އަދި އޭޑީކޭ ހޮސްޕިޓަލުން 3 މީހަކަށް ފަރުވާ ދީފައިވެއެވެ.
އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެންޑީއެމްއޭގެ ފަރާތުން އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދެމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
"މި ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58 އަށްވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވޭ." އެންޑީއެމްއޭ ބުންޏެވެ.
ރޭގެ ހާދިސާއާ ގުޅިގެން ގާއިމުކުރި އިވެކުއޭޝަން ސެންޓަރު މިހާރު ވަނީ ބަންދުކޮށްފައި ކަމަށް އެންޑީއެމްއޭއިން ބުނެޏެވެ.
ފާތިމަތު ލިއުޝާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
ކޮމެންޓް