ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުއްޓައި ޕޮލިސް ސްޓޭޝަނުން ފިލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކުރީ ދާރުއްސަލާމް، ދ. ކުޑަހުވަދޫ، އާދަމް ޒިޔާން މުހައްމަދު 18އ. އެވެ.
ކޯޓު އަމުރުގައި ފުލުހުން ބުނީ، އޭނާ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ވަނިކޮށް، ޕޮލިސް ސްޓޭޝަނުން ނުކުމެގެން ދިޔައީ އެއީ މަނާކަމެއްކަން ތަކުރާރުކޮށް އަންގާފައިވަނިކޮށް ކަމަށެވެ.
މީގެ އިތުރުން އޭނާ ފުލުހުންގެ އަމުރަށް ތަކުރާރުކޮށް ނުކިޔަމަންތެރިވެ، ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި އިތުރު ބަޔަކާ އެކު ފުލުހުންގެ މަރުކަޒުގައި ހަރަކާތްތެރިވެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ގާނޫނު ތަންފީޒުކުރަން ގަސްތުގައި ހުރަސްއަޅައި ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ސީރިއަސް ކަމެއްކަން ކޯޓު އަމުރުގައި ފުލުހުން ފާހަގަކޮށްފައިވެއެވެ.
އެ ހުރިހާ ކަންކަމަށް ރިއާޔަތްކުރެއްވުމަށް އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އިސް ގާޒީ އާދަމް މުހައްމަދު ނިންމެވީ އޭނާ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް