ސްރިލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައެއްގައި ތުހުމަތުކުރެވޭ 23އ ގެ މީހަކު، ރާއްޖޭން ލަންކާއަށް ފޮނުވާލައިފިއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެ މީހުންނ މަރާލައިފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހު ދުވަހު ކަޓޫނާޔަކޭގެ ބަންޑާރަނައިކޭ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސުމާއެކު، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ އޮފިސަރުންނެވެ.
"ޑެއިލީ މިރާ"ގައިވާ ގޮތުން އެ މީހާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، ރާއްޖޭން އޭނާ ލަންކާއަށް ފޮނުވާލީ އިއްޔެއެވެ.
އެ މީހާ ލަންކާއަށް ގެންދިއުމަށް ފަހު އެ މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައެވެ.
އަލީ ޔާމިން
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް