މާދަން ރޭ މެކްސިކޯ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ނަމަވެސް، މެޗު ޝެޑިއުލަށް އަދި ބަދަލެއް ގެންނަން ފީފާއިން ނުނިންމާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
ވޯލްޑް ކަޕް ގަދަ 16 ގައި އިންގްލެންޑާއި މެކްސިކޯ ވާދަކުރަން އޮތީ އަޒްޓެކާ ސްޓޭޑިއަމްގައެވެ. އެމެޗު ފަށަން ތާވަލު ކޮށްފައި ވަނީ ރާއްޖެ ގަޑިން ފަތިހު 5:00 ގައެވެ.
މެކްސިކޯއަށް އާދީއްތަ ދުވަހު މޫސުން ގޯސްވެ، އެ ވަގުތަށް ވިދާ ގުގުރުމާ ކުރިމަތިވެ، މެޗުގެ ތެރެއިން ބްރޭކެއް އަތުވެދާނެ ކަމަށް ބަލައި މެޗު ފެށުން އަވަސް ކުރަން ފީފާއިން ވާހަކަ ދެއްކި ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
އެގޮތުން މެޗުގެ ފެށުން އެރޭ 11:00 އިރަށް ބަދަލުކޮށް، ބްރެޒިލާއި ނޯވޭ މެޗު ފަހު މެޗަށް ހަދަން މަޝްވަރާ ކުރި ކަމަށް ބްރެޒިލް ޓީމުގެ އޮފިޝަލަކު މީޑިއާއަށް ބުނެފައިވެއެވެ.
އެގޮތަށް މަޝްވަރާތައް ކުރި ނަމަވެސް، އަދި އޮތީ ކުރިން އޮތް ތާވަލަށް ކަމަށް ރޮއިޓާސްއިންވެސް ބުނެފައިވާ އިރު، މިހާތަނަށްވެސް މޫސުމުގެ ސަބަބުން މެޗުތަކަށް ބައެއް ބްރޭކްތައް އައިސްފައިވެއެވެ. އެގޮތުން ގަދަ 32 ގައި މެކްސިކޯއާއި އެކުއެޑޯ، މެކްސިކޯ ސިޓީގައި ކުޅުނު މެޗުވެސް ފަސްކުރަން ޖެހިފައިވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް