މިހާރު ކުރިއަށްދާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) 19 އަހަރުން ދަށުގެ މުބާރާތުގައި އިއްޔެ ހަވީރު ބުރު ސްޕޯޓްސް ކްލަބުން ބޮޑު ތަފާތަކުން ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރި އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއު ރޭޑިއަންޓް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މިފަހަރުގެ 19 އަހަރުން ދަށުގެ މުބާރާތުގައި ޖުމުލަ ހަ ޓީމެއް ވާދަކުރަމުން ދެއެވެ. އެއީ މާޒިޔާ، ނިއު ރޭޑިއަންޓް، ބުރު ސްޕޯޓްސް ކްލަބުގެ އިތުރުން ޓީސީ، ކެޔޮދޫ އަދި އޮޑި ސްޕޯޓްސް ކްލަބުންނެވެ.
މުބާރާތުގެ ފޯމެޓް ހަމަޖެހިފައި އޮތް ގޮތުން ފައިނަލަށް ދާނީ ލީގު ބުރު ނިމޭއިރު އެއްވަނަ އަދި ދެވަނަ ޓީމެވެ.
އިއްޔެ ހަވީރު ބުރުން ކުޅުނު މެޗުގައި ޓީސީ ކައިރިން 5-1 އިން މޮޅުވި އިރު، ބުރުގެ ނޫހް އިސްމާއީލާއި މުހައްމަދު ޖޫދު އިސްމާއީލް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއެވެ. އަނެއް ގޯލް ޖެހީ އަރްހަމް އަމްޖަދެވެ.
ޓީސީގެ ގޯލް މެޗުގައި ޖަހައިދިނީ އަބްދުﷲ އައިދަން ސާޖިދެވެ.
ރޭ ކުޅުނު މެޗުގައި މާޒިޔާއާއި ނިއު ރޭޑިއަންޓް އެއްވަރުވީ 3-3 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފަސް ގޯލް ފެނުނު އިރު، ފުރަތަމަ ދެ ގޯލް ޖެހީ މާޒިޔާއިންނެވެ. އެއީ ނައްސާހް އިބްރާހީމް ނާސިރާއި އައިދު މުހައްމަދު ޖަވީޒް ޖެހި ގޯލްތަކެވެ. އޭގެފަހުން އާކިފް ބިން މުހައްމަދާއި އިބްރާހީމް އަރުޝާން ނާޝިދުގެ ގޯލްތަކުން ނިއު ރޭޑިއަންޓް އެއްވަރުކުރި އިރު، މާޒިޔާއިން ހާފު ނިންމާލީ ލީޑު ނަގައިގެންނެވެ.
އެ ގޯލް ޖަހައިދިނީ އަނޫފް އަބްދުﷲއެވެ.
މެޗު ނިއު ރެޑިއަންޓަށް އެއްވަރު ކޮށްދިނީ ޒާކި މުޖުތަބާ ޒާހިރެވެ. އެއީ 77 ވަނަ މިނެޓުގައެވެ.
އެފްއޭއެމް 19 އަހަރުން ދަށު މުބާރާތް
ކޮމެންޓް