ވޯލްޑް ކަޕް 2026 ގައި ރޭ މެކްސިކޯއިން ހޯދި މޮޅާއެކު އުފާފާޅުކުރުމުގެ ތެރެއިން ތިން މީހަކު މަރުވެއްޖެއެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ގައި މެކްސިކޯއިން ރޭ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެކުއެޑޯ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއީ މިދިޔަ 40 އަހަރުގެ ތެރޭގައި ނޮކްއައުޓް ބުރުގެ މެޗަކުން މެކްސިކޯ މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ނޮކްއައުޓް ބުރެއްގެ މެޗަކުން މެކްސިކޯ މޮޅުވީ އަމިއްލަ ގައުމުގައި ބޭއްވި 1986 ގެ ވޯލްޑް ކަޕްގައެވެ. އެފަހަރުގެ މުބާރާތް މެކްސިކޯ އިން ނިންމާލީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.
އެ ނަތީޖާއާއެކު އެންޖަލް އޮފް އިންޑިޕެންޑެންސް ލޭންޑްމާކް ސަަރަހައްދަށް އެތައް ބަޔަކު އެއްވެ، އުފާފާޅުކޮށްފައިވާ އިރު، ދެމީހަކު މަރުވެފައި ވަނީ ހަމްބާގޯއާއި ލަންކަސްޓާ މަގުތައް ކައިރިންނެވެ.
ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މަރުވެފައި ވަނީ އުމުރުން 44 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ އަންހެނަކލާއި 48 އަހަރުގެ ފިރިހެނެއް ކަމަށެވެ. ދެމީހުންގެ ހާސްވެ، ނޭވާ ހުއްޓިގެން ވެއްޓުމާއެކު ފަރުވާ ދިން ނަމަވެސް، ސަލާމަތްވާ ގޮތް ނުވި ކަމަށް އިދާރާތަކުން ބުނެފައިވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް