ހުޅުމާލޭ ޑިވެލޮޕްމެންޓް ކޮންޓްރޯލް ކަނޑައެޅުމުގެ ގަވައިދާ ގުޅިގެން ކުރިއަށް ގެންދާ ސާވޭ މިއަދު ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމަށް ދިން މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

އެޗްޑީސީން ވަނީ މި ސާވޭ ކުރިއަށްދާ އިރު، ހުޅުމާލޭގައި އިމާރަތްކޮށްފައިވާ ގޯތިތަކާއި އެތަންތަނުގައި ވިޔަފާރީގެ ހަރަކާތްތައް ހިންގާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އެދިފައެވެ.

ހުޅުމާލެ ތަރައްގީ ކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ އެފަދަ މަސައްކަތަކަށް އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ދެއްވާ އެއްބާރުލުން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.