އެކުއެޑޯގެ ކޯޗުކަމުގައި ހުރި، ސެބެސްޓިއަން ބެކަޝީސޭ މަގާމު ދޫކޮށްލަން ނިންމައިފިއެވެ.
އެކުއެޑޯއިން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ރަނގަޅު ރެކޯޑަކާއެކުގައެވެ. ކޮލިފިކޭޝަންގައި ރަނގަޅު ނަތީޖާއާ އެކު ނުކުތް އެކުއެޑޯއަކީ ގިނަ ބައެއްގެ ނަޒަރުގައި ސަޕްރައިޒް ނަތީޖާތަކެއް ނެރޭނެ ޓީމެއް ކަމަށް އޮތީ ބެލެވިފައެވެ. އެހެން ނަމަވެސް އެޓީމުގެ ފަރާތުން ސީދާ ހީކުރި ކަހަލަ ވަރުގަދަ ކުޅުމެއް ފެނިގެން ނުދިޔައެވެ. އައިވޮރީ ކޯސްޓް އަތުން 1-0 އިން ބަލިވި އިރު، ކިއުރަސާއޯ ކައިރިން ހޯދުނީ ޕޮއިންޓެކެވެ. އެއީ 0-0 އިން އެއްވަރުވެގެންނެވެ.
އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އެކުއެޑޯ ގަދަ 32އަށް ނުކުތީ އެންމެފަހު މެޗުގައި ހައިރާން ކުރުވަނިވި ގޮތަކަށް 2-1 އިން ޖަރުމަނު ބަލިކޮށްގެންނެވެ.
އެ ނަތީޖާއާ އެކު ކޯޗު، ބެކަޝީސޭ އާއި ޓީމުން ވަރުގަދައަށް އުފާފާޅު ކުރި ނަމަވެސް ރޭ މެކްސިކޯއާ ދެކޮޅަށް ކުޅުނު ގަދަ 32 ގެ މެޗުންވީ 2-0 އިން ބައްޔެވެ.
"މިހިސާބުން އަހަރެން އެކުއެޑޯއާއެކު ހަދާފައިވާ އެއްބަސްވުން މި ނިމުމަކަށް އައީ. އަހަރެން ބުނިކަންތައް ކޮށްދެވުނު ހެނެއް ހީއެއް ނުވޭ. އަހަރެން ވައުދުވީ ގައުމުގެ ތާރީހުގައި އެންމެ ފުރިހަމަ ވޯލްޑް ކަޕެއް ގެނެސްދޭން. އެކަމެއް ނުވި. އެހެންވީމަ މިއީ އަލްވަދާއު ކިޔަން ޖެހޭ ވަގުތު،" ބެކަޝީސޭ ބުންޏެވެ.
ބެކަޝީސޭ ބުނީ އެކުއެޑޯ ކުޅުންތެރިންނާއި މެނޭޖުމަންޓުން އަދި ފުޓުބޯޅަ އިދާރާއާއެކު އޮތް ގާތް ގުޅުމާއެކު މަޑުކުރުމުގެ ހިޔާލު އައި ނަމަވެސް، އެއީ ގޯސް ވިސްނުމެއްކަމަށެވެ.
އޭގެ އިތުރުން ބެކަޝީސޭ ފާހަގަކުރީ އެކުއެޑޯ ތާރީހު ދުށް އެންމެ ޒުވާން، ވަރުގަދަ ޓީމުން އޭނާއާ ގާތް ގުޅުމެއް އުފެދުނު ކަމަށާއި، އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވުނަސް މިފަހަރު ވޯލްޑް ކަޕަކީ އެކުއެޑޯއަށް މާޔޫސް ކަމެއް ނޫން ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް