ގްރޫޕް ސްޓޭޖުގެ އުނދަގޫ ނަތީޖާތައް ހަނދާން ނައްތާލަން، ނޮކްއައުޓް ބުރު ފަށާނީ މުޅިން އާ މުބާރާތެއް ކަމަށް ބަލައިގެން ކޯޗު، ޕަޕް ޗައު ބުނެފިއެވެ.
އެންމެފަހުން އެފްރިކާ ކަޕް ފައިނަލްގެ ޑްރާމާ ބޮޑު ފައިނަލުގައި ކުޅުނު ސެނެގާލް، މިފަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ފެނުނީ ދަށް ކޮށެވެ. އެގޮތުން ފުރަތަމަ މެޗުގައި ފްރާންސް ކައިރިން 3-1 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި ނޯވޭ ކައިރިން ވެސް ވީ ބައްޔެވެ. އެއީ 3-2 ގެ ނަތީޖާއަކުންނެވެ. ސެނެގާލް އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 32 އަށް ދިޔައީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އިރާގް ކައިރިން 5-0 އިން މޮޅުވެގެންނެވެ.
"އަހަރެމެނަށް އޮތީ އިރާގު ބަލިކޮށް ގަދަ 32 އަށް ދިޔުން. އެކަން ކުރެވިއްޖެ. އެހިސާބުން ދެން މިއީ މުޅިން އާ މުބާރާތެއް. އަހަރެމެންގެ އޮތީ އާ ހިތްވަރެއް. ނޮކްއައުޓާ ހަމައިން އާ މުބާރާތެއް ފެށޭނޭ މި ބުނަނީ، ދެން ނޯންނާނެ ގްރޫޕްގައި އޮތް މަގާމަކުން ކުރާނެ ކަމެއް،" ޗައު ބުންޏެވެ.
އެކަމުގެ މިސާލެއްގެ ގޮތުން ޗައު ބުނެފައި ވަނީ ނެދަލޭންޑްސް ގްރޫޕްގެ އެއްވަނަ ހޯދައިގެން ދިޔަ ނަމަވެސް، މޮރޮކޯ ކައިރިން އެޓީމު ބަލިވި ކަމަށެވެ. މޮޮރޮކޯއަކީ އެޓީމު ވާދަކުރި ގްރޫޕް ސީގެ ދެވަނައެވެ.
ސެނެގާލުން މިރޭގެ މެޗަށް ނުކުންނަން ޖެހެނީ އެޓީމުގެ އެއް ނަމްބަރި ކީޕަރު އެޑުއާޑް މެންޑީއާ ނުލައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. ޗައު ބުނީ މެންޑީ އަނިޔާގެ ސަބަބުން އޭނާގެ ކްލަބު، ސައުދީ އަރަބިއާގެ އަލް އަހްލީއަށް ދިޔަ ނަމަވެސް، މިރޭ ޓީމާއެކު ބެންޗުން ނަމަވެސް ފެންނާނެ ކަމަށެވެ. މެންޑީ އަނބުރި އައި ނަމަވެސް އޭނާ ބޭނުން ނުކުރެވޭނެ ކަމަށް ޗައު ބުނެފިއެވެ.
އޭގެ އިތުރުން ޗައު ވާހަކަ ދައްކަމުން ބުނީ، ސެނެގާލް ކޮޅަށް ގްރޫޕް ސްޓޭޖުގައި ގޯލްތައް ވަނީ އަމިއްލަ ބައިވަރު ގޯސްތަކުން ކަމަށާއި، އެކަންކަން ރަނގަޅު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި މިއީ އެކަންކަން ރަނގަޅުކޮށް، ސެނެގާލްގެ ފެންވަރު ސާބިތުކޮށްދޭން ލިބުނު ފުރުސަތެއް ކަމަށްވެސް ޗައު ބުންޏެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް