މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އެންމެ ނާއުންމީދީ ގޮތަކަށް ކެޓު އުރުގުއާއީން އެނބުރި ގައުމަށް ދާން އޮތް ޗާޓަރު ފްލައިޓް، އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ކެންސަލް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުރުގުއާއީގެ ނޫސްތަކުން ބުނީ، އުރުގުއާއީ ގްރޫޕް ސްޓޭޖުން ކެޓުމަކީ ފުޓުބޯޅަ ތާރީހުގައިވެސް ކުރިމަތިވި އެންމެ ބޮޑު ލަދުކަމަށް ފުޓުބޯޅަ އިދާރާއިން ސިފަކުރާ ކަމަށެވެ. އަދި ނަތީޖާތައް ދަށްވުމާއެކު އުރުގުއާއީ ފެޑަރޭޝަނުން ނިންމާފައި ވަނީ ކުޅުންތެރިން ވަކިވަކި ކޮމާޝަލް ފްލައިޓްތަކުގައި ގައުމަށް ގެންދަން ކަމަށް ވެސް ނޫސްތައް ބުނެފައިވެއެވެ.
އުރުގުއާއީން މިފަހަރު ވޯލްޑް ކަޕްގައި މެކްސިކޯގައި ބޭސްވެގެން ތިބި އިރު، އެޓީމުން މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއާ އަދި ކޭޕް ވާޑް ކައިރިންވެސްވީ އެއްވަރެވެ. އެންމެފަހު މެޗުގައި ސްޕެއިން ކައިރިން 1-0 އިން ބަލިވެ ކަޓައިގެން ގޮސްފައިވާ އިރު، ކޯޗު މާސެލޯ ބިއެލްސާ ފެނުނީ ރުޅިގަދަވެފައި ހުރިތަނެވެ. އެގޮތުން މެޗަށްފަހު ޓީވީ އިންޓަވިއުއެއްގައި ހަޅޭލަވައިގެންފައިވެސް ވެއެވެ.
ބިއެލްސާ ބުނީ އުރުގުއާއީ ފުޓުބޯޅައަށް އޭނާއަށް އެއްކަމެއްވެސް ނުކޮށްދެވުނު ކަމަށާއި، ތިން އަހަރުން ނަތީޖާއެއްވެސް ނެރެ ނުދެވުނު ކަމަށެވެ. އުމުރުން 70 އަހަރުގެ ބިއެލްސާ ބުނީ އެނބުރި އުރުގުއާއީ ޓީމާއެކު ނުދާނެ ކަމަށާއި، އޭނާ ފެއިލްވެއްޖެ ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް