ޕަރަގުއާއީން ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ބަރެޒިލާއި އާޖެންޓީނާ ބަލިކުރި ކަމަށާއި، މިރޭ ގަދަ 32 ގެ މެޗުގައި ޖަރުމަނު ބަލި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ކޯޗު ގުސްޓާވޯ އަލްފާރޯ ބުނެފިއެވެ.
ޕަރަގުއާއީން 2010 ވަނަ އަހަރަށްފަހު ވޯލްޑް ކަޕަށް އެނބުރި އައިސް، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެމެރިކާ ކައިރިން ބަލިވީ 4-1 އިންނެވެ. އެހެން ނަމަވެސް އޭގެފަހުން ތުރުކީ ކައިރިން 1-0 އިން މުހިއްމު މޮޅެއް ހޯދައި، އޮސްޓްރޭލިއާ ކައިރިންވެސް އެޓީމު ވަނީ 0-0 އިން އެއްވަރު ކޮށްފައެވެ.
ޕަރަގުއާއީ 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅެ، ސްޕެއިން ކައިރިން ބަލިވީ ހަނި ގޮތަކަށެވެ. އޭގެ ފަހުން އަލުން ވޯލްޑް ކަޕަށް ކޮލިފައިވާން މިފަހަރު ފެށި ދަތުރުގެ ފުރަތަމަ މެޗުތައް އެންމެ ރަނގަޅަށް ނުދިޔަ ނަމަވެސް، ކޯޗު އަލްފާރޯ 2024 ވަނަ އަހަރު އޮގަސްޓް މަހުން ހަވާލުވިފަހުން ޕަރަގުއާއީ ވަނީ ތަފާތު ނަތީޖާތަކެއް ނެރެފައެވެ. އޭގެ ތެރޭގައި ދެކުނު އެމެރިކާގެ ގަދަ ދެބާރު ކަމަށްވާ އާޖެންޓީނާއާއި ބްރެޒިލާ ދެކޮޅަށް ކުޅެ މޮޅުވި މެޗުތައް ފާހަގަވިއެވެ.
"އަހަރެމެން ކޮލިފިކޭޝަންގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާއި އެންމެ ވަރުގަދަ ބްރެޒިލް ބަލިކުރިން. އެއީ މި ވޯލްޑް ކަޕްގައިވެސް ތަށްޓަށް ވާދަކުރާ ޓީމުތައް. އެހެންވީމަ އަހަރެމެންނަށް ޖަރުމަނު ބަލި ނުވާންވި ސަބަބެއް ނެތް. ޖަރުމަނަށްވުރެވެސް ވަރުގަދަ ޓީމުތައް އެއީ،" އަލްފާރޯ ބުންޏެވެ.
އަލްވާރޯ ބުނީ ކޮލިފިކޭޝަންގައި ދެކުނު އެމެރިކާގައި ވާދަކުރަން ޖެހެނީ، ބްރެޒިލް، އުރުގުއާއި، އެކުއެޑޯގެ އިތުރުން ކޮލަމްބިއާ ފަދަ ވަރުގަދަ ގައުމުތަކާ ކަމަށްވުމާއެކު، އެ ޕްރެޝަރު ހާލަތްތަކަށް ޓީމު ރަނގަޅަށް ހޭނިފައި އޮތް ކަމަށެވެ.
ޕަރަގުއާއީއާއި ޖަރުމަނު ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 1:30 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް