ފަހަކަށް އައިސް މެދުއިރުމަތީގައި ބަދަލުކުރެވުނު އަސްކަރީ ހަމަލާތަކަށްފަހު ވެސް، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާ (އެމްއޯޔޫ) ތަންފީޒުކުރުމުގެ ފަންނީ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާނެކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ 'އެކްސިއޯސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ގައުމުން ވެސް މިހާރު ވަނީ ހަމަލާބަދަލުކުރުންތައް ހުއްޓާލުމަށް އެއްބަސްވެފައެވެ. އަދި ކުރިން ސްވިޓްޒަލޭންޑުގައި ބާއްވަން ހަމަޖެހިފައި އޮތް މި މަޝްވަރާތައް، ފަހުގެ ހަމަލާތަކާ ގުޅިގެން މިހާރު ވަނީ ގަތަރުގެ ވެރިރަށް ދޯހާއަށް ބަދަލުކޮށްފައެވެ. މި ބައްދަލުވުންތައް މާދަމާ ފަށަން ވަނީ ތާވަލުކޮށްފައެވެ.
އޮފިޝަލު ފާހަގަކުރެއްވި ގޮތުގައި، އަސްކަރީ ކުރިމަތިލުންތަކެއް ހިނގައިދިޔަ ނަމަވެސް، ފަންނީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން، ހޮރްމުޒް ކަނޑުއޮޅީގެ މައްސަލަތައް ހައްލުކުރުމާއި، އެއްބަސްވެފައިވާ ކަންކަން އަމަލީ ގޮތުން ތަންފީޒުކުރާނެ ނިޒާމުތަކެއް ގާއިމުކުރުމެވެ.
މީގެ ކުރިން މި މަޝްވަރާތައް އަމާޒުކޮށްފައި އޮތީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ކަމަށް ވިޔަސް، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ވެފައިވާ ވަގުތީ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ، ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި އީރާނުން ވަނީ ގަލްފުގެ ސަރަހައްދުގައި ހަމަލާތަކެއް ބަދަލުކޮށްފައެވެ. އީރާނުން ކުވައިތާއި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، އެމެރިކާއިން ވެސް ވަނީ ރައްދުގައި ހަމަލާތަކެއް ދީފައެވެ. ނަމަވެސް، ދޯހާގައި ފަށާ މަޝްވަރާތަކާއެކު، ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް