މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި، ހެއްކެއްގެ ގޮތުގައި ދައުލަތުން ކުޑަކުއްޖެއްގެ ބަޔާން ހުށަހަޅައި އެ ބަޔާން ސިއްރު ކުރުމުގެ އަމުރަަކަށް އެދިއެޖެއެވެ.
އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، މާޅޮހު ފިޔަ އަހުމަދު އާޝިދުގެ އިތުރުން ލިލީފެހި، މުހައްމަދު ވިޝާމް އާއި ފިނިވާގެ، އަހުމަދު ފާރިސްއެވެ.
މީގެ ތެެރެއިން ނުރައްކާތެރި ހަތިޔާރަކުން ގަސްތުގައި މީހަކު މަރައިލުމުގެ ދައުވާ، އާޝިދުގެ މައްޗަށް ކޮށްފައިވާއިރު، މުހައްމަދު ވިޝާމް އާއި، އަހުމަދު ފާރިސަށް ކުރަނީ، އެކަމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑު އެހުމުގައި، ދައުލަތުން އެދުނީ ހެއްކެއްގެ ގޮތުގައި އެ ފަރާތުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ބަޔާން ރައްކާތެރިކުރުމުގެ އަމުރަކަށާއި އެ ކުއްޖާގެ މައުލޫމާތު ހިމެނޭ ރިޕޯޓަކާއި، މަރުވި މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް ހިމެނޭ ރިޕޯޓެއް ރައްކާތެރިކުރުމުގެ އަމުރަކަށެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހަވާލާދީ، އެ ކުއްޖާގެ ކަރާމާތް ރައްކާތެރިކުރަން އެ އަމުރު ނެރެދީފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް