ކެނެޑާގެ ކެޕްޓަން އަލްފޮންސޯ ޑޭވިސް އަނިޔާއިން ރަނގަޅުވެ، ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ގަދަ 32 ގެ މެޗަށް ފިޓްވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޖެސޭ މާޝް ބުނެފިއެވެ.
ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ފަލަމަސްގަނޑުގެ އަނިޔާއަކާ ގުޅިގެން ޑޭވިސް ހުރީ ކުޅުމާ ދުރުގައެވެ.
ކޯޗު މާޝް ބުނީ ޑޭވިސް އެނބުރި އައުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ކުޅުންތެރިންނަކީ ވަރަށް އަގުހުރި ބައެއްކަން ފާހަގަކުރަމުން، ޑޭވިސް ފަދަ ކުޅުންތެރިންނާ މެދު އަމަލުކުރަން ޖެހޭނީ ވަރަށް ރައްކާތެރިކަމާއެކު، "ފެރާރީއެއް" ފަދައިން ކަމަށް މާޝް ސިފަކުރިއެވެ.
މީގެ ކުރިން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޑޭވިސް ފެންނާނެ ކަމަށް މާޝް ބުނި ނަމަވެސް، އެއީ ވާދަވެރިންނަށް އޮޅުވާލުމަށް ދެއްކި ވާހަކައެއް ކަމަށް ފަހުން ވަނީ ބުނެފައެވެ.
ސައުތު އެފްރިކާއާ ދެކޮޅަށް ކުޅޭ މި މެޗަކީ ކެނެޑާގެ ފުޓްބޯޅަ ތާރީހުގައި ވެސް މުހިންމު މެޗެކެވެ. މިއީ އެ ޓީމު ވޯލްޑް ކަޕެއްގެ ނޮކްއައުޓް ސްޓޭޖުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ސައުތު އެފްރިކާއިން ސައުތު ކޮރެއާ ބަލިކޮށްފައިވާތީ، އެ ޓީމާ ދެކޮޅަށް ވަރަށް "އެގްރެސިވް" ކޮށް ކުޅޭނެ ކަމަށް މާޝް ލަފާކުރެއެވެ. މި މެޗަކީ ސައުތު އެފްރިކާއިން ވެސް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި ކުޅޭ ފުރަތަމަ މެޗެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ މެޗަށް ކެނެޑާއިން ސައުތު އެފްރިކާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް