ކުރީގެ ދެ މިނިސްޓަރުން ކަމުގައިވާ ތޯރިގު އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
އެ ދެ ބޭފުޅުން ސަފީރުން ކަމަށް އައްޔަންކުރައްވައި ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ތޯރިގު އައްޔަން ކުރައްވާފައިވަނީ އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ކަމަށެވެ. ތޯރިގު ވަނީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ މިނިސްޓަރުގެ މަގާމާއި ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ މިނިސްޓަރު މަގާމު އަދާކުރައްވައިފައެވެ.
އާދަމް ޝަރީފް އައްޔަންކުރައްވާފައިވަނީ ދިވެހިރާއްޖޭން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށެވެ. އާދަމް ޝަރީފް މީގެ ކުރިން ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރުކަމުގެ މަގާމުގައެވެ.
ތޯރިގު އާއި އާދަމް ޝަރީފް ވަޒީރުކަމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ދެ ބޭފުޅުން ވަޒީރުކަމުން އިސްތިއުފާ ދެއްވުމުން ހާރިޖީ ވުޒާރާގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ދެ ބޭފުޅުންވެސް ވަނީ އައްޔަން ކުރައްވައިފައެވެ.
އާއިޝަތު މާހާ
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް