ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ކެނެޑާއާއި ގަތަރު ބައްދަލުރި މެޗުގައި ރަތް ކާޑު ދެއްކި އާސިމް މަދީބޫ، ފަސް މެޗަށް ސަސްޕެންޑް ކުރަން ނިންމައިފިއެވެ.
އެ މެޗުގެ ތެރެއިން މަދީބޫ ކުރި ޓެކުލަކުން ކެނެޑާގެ އިސްމާއީލް ކޯނޭގެ ފައިގެ ކަށިމަތިން ބިންދައިގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް އެ ޓެކުލަކީ މަދީބޫ ނުރައްކާ ގޮތަކަށް ކުރި ޓެކުލެއް ނޫންކަން ފާހަގަވެފައިވެއެވެ.
ގަތަރު އެމެޗުން 6-0 އިން ބަލިވެފައިވާ އިރު، މަދީބޫއަށް ޓެކުލް ކުރެވުނު ހިސާބުން އޭނާ ވަނީ މައާފައަށް އެދިފައެވެ. އަދި ކެނެޑާގެ ކޯޗު ޖެސޭ މާޗް ބުނެފައި ވަނީ މަދީބޫ ޑްރެސިން ރޫމަށް ގޮސް ކުޅުންތެރިންނާއި ކެނެޑާ ޓީމުގެ ކިބައިން މައާފަށް އެދުނު ކަމަށެވެ.
ފީފާއިން ބުނީ މަދީބޫގެ އެ ރަތް ކާޑު، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ރިވިއުކޮށް، ސީރިއަސް ފައުލް ޕްލޭ އެއް ކަމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބުން މަދީބޫ ފަސް މެޗަށް ސަސްޕެންޑް ކުރަން ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައެވެ.
މަދީބޫގެ ޓެކުލުން އަނިޔާވެ ކޯނޭ، ފައިގެ ކަށިމަތީގެ ދެ ކަށިގަނޑުވެސް ބިންދައިގެން ގޮސްފައިވުމާއެކު، މިހާރު ވަނީ ސާޖަރީ ފުރިހަމަ ކޮށްފައެވެ. ކޯނޭ ހޮސްޕިޓަލުގައި އޮތް އިރު، ގަތަރުގެ ކުޅިވަރާ ބެހޭ ވަޒީރުވެސް އޭނާއަށް ޒިއާރަތް ކޮށްފައިވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް