މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ސައާދާ އިބްރާހިމް އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާޕާރސަންގެ މަގާމަށް، ދަޕްތަރު ނަންބަރު ރސ 14819، ސައާދާ އިބްރާހިމް މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެމްޓީސީސީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ހުސައިން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.
މުހައްމަދު އިޝާން
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ކޮމެންޓް