މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ހާފްވޭ ހައުސްއަށް މަސްތުވާތަކެތި ވައްދައި އެ ބޭނުންކުރަމުންދިޔަ މީހަކު ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ދަފްތަރު ނަމްބަރު ރސ. 4539 މުހައްމަދު ޝާހިދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރީ ޑައިމޯފިން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާއެވެ.

އެއީ ހުޅުމާލެ ހާފްވޭ ހައުސްގައި ފަރުވާ ފުރިހަމަކުރަމުން ދަމުން އެތަނަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކުރުމުންނެވެ.

މި މައްސަލައިގައި އޭނާ ބަލައި ފާސްކުރއިއިރު މަސްތުވާތަކެތި ފެނުނީ އޭނާ ލައިގެންހުރި ޖިންސް ސޯޓު ޖީބުންނެވެ.