މިފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ތެރެއިން ބޮޑު ސަމާލުކަމެއް ހޯދި، މާލިން ނަމަކަށް ކިޔާ އަސްދޫނި މެކްސިކޯ ރައީސް ކްލައުޑިއާ ޝެއިންބައުމްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
މެކްސިކޯ ޖާޒީއެއްގައި މަޝްހޫރުވި މާލިން ނަމަކަށް ކިޔާ އަސްދޫންޏަށް ފުރަތަމަ ސަމާލުކަން އައީ މެކްސިކޯއިން ފުރަތަމަ ކުޅުނު މެޗުގައި ދެކުނު އެފްރިކާ ބަލިކުރި ހިސާބުންނެވެ. އެ މޮޅާއެކު މެކްސިކޯ ސިޓީގައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާ އިރު، އެ އުފާފާޅުކުރުންތަކުގައި އަސްދޫނި ބައިވެރިވެފައިވެއެވެ. އަދި އެ އުފާފާޅުކުރުންތަކުގެ ތެރެއިން އެކިއެކި މީސް މީހުން ނަގާފައިވާ ވީޑިއޯތަކާއެކު މާލިންނަށް ސަމާލުކަން ބޮޑުވިއެވެ. ބައެއް މީހުން ފާހަގަކޮށްފައި ވަނީ އެއީ މި ވޯލްޑް ކަޕްގެ އަސްލު މެސްކޮޓް ކަމަށެވެ.
ދެ އަހަރުވީ އަސްދޫންޏަށް ލިބުނު މަޝްހޫރުކަމާއެކު އެ އަސްދޫނި ގެންގުޅޭ އާއިލާއަށްވެސް އެއިން ވަނީ އިތުރު ދޮރުތައް ހުޅުވިފައެވެ. އާދައިގެ ކަންމަތީ ކެފޭއެއް ހިންގާ އާއިލާގެ ފަރާތުން މާލިންގެ ވެރިޔާ ކާލާ ގޮމޭޒް ބުނީ، މާލިން މަޝްހޫރު ވެ، ރައީސާ ހަމައަށް ދިޔުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އެއީ މުޅި ދުނިޔެއަށް މެކްސިކޯގެ ހިތްހެޔޮކަން ފެނިގެން ދިޔަ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.
މާލިން ގެންގުޅޭ ގޮމޭޒްގެ އާއިލާގެ އެންމެ ބޮޑަށް ހުންނަ ކުއްޖާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އަންނަ ކުއްޖަކަށް ވާއިރު، މެކްސިކޯ ރައީސް، ޝެއިންބައުމް ވަނީ އާއިލާއަށް އެކަމުގައި ކުރށން ޖެހޭ ހަރަދުގެ ކަންކަން ބަލަހައްޓައިދޭން ވައުދުވެވަޑައިގެންފައެވެ. އަދި އާއިލާއިން ދައްކައިދިނީ މެކްސިކޯ ވަންތަ މަންޒަރުތަކެއް ކަމަށާއި، މެކްސިކޯގެ ހަގީގަތަކީ އެ އުފާވެރި، އެ ބަދަހި މާހައުލު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މާލިންނާ ރައީސް ބައްދަލުކުރީ އާދައިގެ މަތިން ބާއްވާ ހެނދުނުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިންނެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް