ވޯލްޑް ކަޕް 2026 ގައި ކޮލަމްބިއާއާ ދެކޮޅަށް ޑީއާރު ކޮންގޯ ކުޅޭ މެޗަށް ސަޕޯޓުކުރުމަށް، އެ ގައުމުގެ މަޝްހޫރު ސަޕޯޓަރު މިޝޭލް ކޫކާ އެމްބޮލަޑިންގާ މެކްސިކޯއަށް އެތެރެވެއްޖެއެވެ.
އޭނާ ވޯލްޑް ކަޕަށް ދިއުން ލަސްވީ، ޑީއާރު ކޮންގޯގައި ފެތުރެމުންދާ އިބޯލާ ރޯގާއާ ގުޅިގެން ދަތުރުވެރިންނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. މި ރޯގާގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، 254 މީހުން ވަނީ މަރުވެފައެވެ.
"ލުމުމްބާ ވިއާ" ގެ ނަމުން މަޝްހޫރުވެފައިވާ އެމްބޮލަޑިންގާ ސަޕޯޓުކުރަނީ އާންމު ސަޕޯޓަރުންނާ ވަރަށް ތަފާތު ގޮތަކަށެވެ. އޭނާ ދަނޑުމައްޗަށް ހާޒިރުވަނީ 1961 ވަނަ އަހަރު ބަޑިޖަހައި އަވަހާރަކޮށްލާފައިވާ ކޮންގޯގެ ފުރަތަމަ ބޮޑުވަޒީރު ޕެޓްރިސް ލުމުމްބާއާ އެއްގޮތަށް ކޯޓު ފަޓުލޫނު ލައިގެންނެވެ. އެހެން ސަޕޯޓަރުން ލަވަކިޔައި އުފާފާޅުކުރަމުންދާ އިރު، އެމްބޮލަޑިންގާ ހުންނަނީ ލުމުމްބާގެ ހަނދާނުގައި އެއްވެސް ހަރަކާތެއް ނުކޮށް ހިމޭނުންނެވެ. އަދި ކޮންގޯގެ ވެރިރަށް ކިންޝާސާގައި ހުންނަ ލުމުމްބާގެ ބިނާގައި އޭނާ ހުންނަ ގޮތަށް، އެމްބޮލަޑިންގާ ވެސް އަތް މައްޗަށް ނަގައިގެން ހުރެއެވެ.
އެމްބޮލަޑިންގާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ މޮރޮކޯގައި ބޭއްވި 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައެވެ. އެ މުބާރާތުން އަލްޖީރިއާ އަތުން ބަލިވެ ކޮންގޯ ކަޓައިގެން ދިޔަ މެޗުގައި، އަލްޖީރިއާގެ ފޯވާޑް މުހައްމަދު އަމޫރާ ވަނީ އެމްބޮލަޑިންގާއަށް މަލާމާތްކޮށްފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، އަލްޖީރިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އޭނާގެ ކިބައިން މައާފަށް އެދިފައެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު ކޭ" ގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗަށްފަހު، ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބޮލަޑިންގާ ދަނޑުގައި ހުރުމަކީ ކޮންގޯގެ ޓީމަށް ލިބިގެންދާނެ އުފަލެއް ކަމަށް ކޮންގޯގެ ސަޕޯޓަރުން ދެކެއެވެ. ކޮލަމްބިއާއާ ދެކޮޅަށް ކޮންގޯ ނުކުންނާނީ ރާއްޖޭގަޑިން މާދަމާ ހެނދުނު 7:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް