ބެލްޖިއަމްގެ ހުނަރުވެރި ވިންގް، ޖެރެމީ ޑޮކޫ އަލަތު ދަރިފުޅު ލިބޭތީ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔުމަށްފަހު، މާދަމާ ޓީމާ ގުޅޭނެ ކަމަށް ބުނެފިއެވެ.
ވޯލްޑް ކަޕް ތެރެއިން ޑޮކޫއަށް އަލަތު ދަރިފުޅު ލިބޭތީ، ކޭމްޕް ދޫކޮށް އޭނާ ދާން ވިސްނުމާއެކު އެކަމަށް ވަނީ އެކި ގޮތްގޮތުން ސަމާލުކަން ހުއްޓިފައެވެ. ޑޮކޫ ބުނީ އަލަތު ދަރިފުޅު ލިބޭ ވަގުތަކީ ކޮންމެ ބައްޕައަކަށްވެސް ހާއްސަ ވަގުތަކަށްވުމާއެކު ވޯލްޑް ކަޕްގެ ކޭމްޕް ދޫކޮށް ދާން ނިންމާފައިވާ ކަމަށެވެ.
ޑޮކޫ އެހެން ބުނުމާއެކު ބައެއް ތަޖުރިބާކާރުން ބުނީ ވޯލްޑް ކަޕް ތެރެއިން ގައުމީ ޓީމެއްގެ ކޭމްޕް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޑޮކޫގެ އާއިލާ އިނގިރޭސިވިލާތުގައި ދިރިއުޅޭ އިރު، އޭނާގެ އަންހެނުން ޝީރީން ވިހަން ފުރަތަމަ އޮތީ ޖުލައި މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ކަން ދިމާކުރި ގޮތުން އަވަހަށް ވިހަން ޖެހުނީއެވެ.
ބެލްޖިއަމުން ފުރަތަމަ މިސްރާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެމެޗުގައި ޑޮކޫ ކުޅެފައިވެއެވެ. އެހެން ނަމަވެސް އިރާނާ ދެކޮޅަށް ކުޅުނު މެޗުގައި ޑޮކޫ ނުފެނެއެވެ. އެމެޗުންވެސް ބެލްޖިއަމްވީ އެއްވަރެވެ. އެއީ ގޯލެއް ނުޖެހިއެވެ.
މެޗުގެ ކުރިން ހަބަރުތައް ބުނީ ޑޮކޫ ސްކޮޑުގައި ނެތީ ބަލިވުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް ފަހުން ބެލްޖިއަމުން ބުނީ ޓީމުން ހުއްދަ ލިބިގެން ޑޮކޫ އަންހެނުން ކައިރިއަށް ދިޔަ ކަމަށެވެ. ޑޮކޫއަށް ފިރިހެން ދަރިއެއް ލިބިފައިވާކަން ބެލްޖިއަމުން ޔަގީން ކޮށްދީފައިވާ އިރު، އޭނާގެ ދަރިފުޅަށް ކިޔާފައި ވަނީ ޕްރެއިސްއެވެ. ބެލްޖިއަމުން ބުނީ ޑޮކޫ ދިޔައީ ޓީމް ޑޮކްޓަރަކާވެސް އެކުގައި ކަމަށެވެ.
ޑޮކޫ އަންހެނުން ކައިރިއަށް ދާނެ ކަމަށް ބުނުމާއެކު އެކަމަށް ޓީވީތަކުންވެސް ފާޑު ކިޔާފައިވާ އިރު، އެންމެ ބޮޑަށް ފާޑު ކިޔާފައިވާ އެއް ޕްރެސެންޓަރަކީ ލެކީޕްގެ ޕިއަރެންއެވެ. ފްރާންސްގެ ޕްރެސެންޓަރު ޕިއަރެން ބުނެފައި ވަނީ ޑޮކޫ އަންހެނުން ކައިރިއަށް ދާން ނުޖެހޭ ކަމަށާއި، ބައްޕައިންނަކީ އެ ހާލަތުގައި ބޭކާރު ބައެއް ކަމަށެވެ.
އެހެން އެކަން ހިނގުމާއެކު ލެކީޕުން ވަނީ ޕިއަރެން ސަސްޕެންޑް ކުރަންވެސް ނިންމައިފައެެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް