މީހަކު މެރުމުގެ ކުށް ސާބިތުވި މީހަކު ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ، މޫސާ އަހްސަމް ކިޔާ މީހަކަށެވެ.
ނަމަވެސް އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ ތިން އަހަރާއި ހަތް މަސްދުވަސް ކަމަށްވެސް ހުކުމްގައިވެއެވެ.
ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، އެނގި ހުރެ މީހަކު މެރުމުގެ ކުށުން، މޫސާ އަހްސަމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.
އެހެންކަމުން މި ކުށުގެ އުގޫބާތެއްގެ ގޮތުން، ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ)ގެ ދަށުންނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މޫސާ އަހްސަމް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 186 ވަނަ މާއްދާއަށާއި މޫސާ އަހްސަމް ބަންދުގައި ހުރި މުއްދަތަށް ރިއާޔަތްކުރާ އިރު، އަހްސަމްގެ މައްޗަށް ކަނޑައެޅި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަންޖެހޭ އަދަބަކީ ތިން އަހަރާއި ހަތް މަސް ދުވަހަށް ޖަލަށްލުމުގެ އަދަބު ކަމަށް ވަނީ ހުކުމްކޮށްފައެވެ.
އޭގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަހިފުމަށް އެ ހުކުމްގައި ވަނީ އަހުސަމަށް އަންގައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް