ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރި މީހަކު ހަ މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައި ވަނީ އާއިޝަތު ޝާއިރާގެ މައްޗަށެެވެ.
މި މައްސަލައިގައި ކުރިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުންނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އާއިޝަތު ޝާއިރާ، 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
މި މައްސަލައިގެ އިތުރުން އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށްވެސް ޝާއިރާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
އެހެންކަމުން އެ މައްސަލައިގައި ބުރާސްފަތި ދުވަހު، ޝާއިރާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ، ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.
އޭގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަހިފުމަށް ވެސް މި ހުކުމްގައި ޝާއިރާއަށް ވަނީ އަންގައިފައެވެ.
ނަމަވެސް މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުުމުގެ ގޮތުން މި މައްސަލައިގެ ރިޕޯޓް ކުރިމިނަލް ކޯޓުން ހާމަކޮށްފައި ނުވާތީ މިހާތަނަށް މިއީ ކޮން މައްސަލައެއްކަން ސާފެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކޮމެންޓް