މީހަކު މެރުމުގައި ބައިވެރިވި ދެ މީހުން ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ގްރީންލައިޓް، އދ. މާމިގިލި، އާއިޝަތު ޝާއިރާ އާއި ސޯސަންވިލާ، ތ. މަޑިފުށި، މުހައްމަދު އިމްތިޔާޒް ކިޔާ ފިރިހެެނެއްގެ މައްޗަށެވެ.
އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުން، އެ ދެ މީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި 30 ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުންނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ދެ މީހުން ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މައްސަލައިގައި ހުކުމްކޮށް، ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 43 ވަނަ މާއްދާގެ (ހ) އާއި (ށ) ދަށުން، ކައްފާރާގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަހިފުމަށް ވެސް މި ހުކުމްގައި ޝާއިރާ އާއި އިމްތިޔާޒް އަށް ވަނީ އަންގައިފައެވެ.
ނަމަވެސް މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުުމުގެ ގޮތުން މި މައްސަލައިގެ ރިޕޯޓް ކުރިމިނަލް ކޯޓުން ހާމަކޮށްފައި ނުވާތީ މިހާތަނަށް މިއީ ކޮން މައްސަލައެއްކަން ސާފެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް