ވަޅި ހިފައިގެން ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންބުނީ މި ހާދިސާއަކީ ހުޅުމާލެ ފޭސް ދޭއްގައި ހިނގި ހާދިސާއެއް ކަމަށެވެ.
ފިހާރައަށް ތޫނު ހަތިޔާރު ހިފައިގެން އެމީހާ ވަދެ މާރާމާރީ ހިންގި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިއަދު ކަމަށާއި، މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އެމީހާގެ ވަނަ ވަރެއް ހާމަކޮށްފައެއް ނުވެއެވެ.
އެހާދިސާގެ ވީޑިއޯއެއް އާއްމުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ، ވަޅި ހިފައިގެން ފިހާރައަަކަށް ވަދެ އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާ އާއްމުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރާ ތަނެވެ. އޭގެ އިތުރުން ފިހާރައަށްވަދެ އެ މީހާ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގާތަންވެސް އެހެން ވީޑިއޯއަކުން ފެނެއެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް