"ޖެނެރަލް ކާގޯ" ގެ ގޮތުގައި ރާއްޖެ އެތެރެކުރި، 15601 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކަސްޓަމްސްއިން އެކްސްގައި މިރޭކުރި ޕޯސްޓެއްގައި ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، އިއްޔެ، މާލޭ ކޮމާޝަލް ހާބަރުގައި، ހާއްސަ އޮޕަރޭޝަނެއް ކުރިޔަށްގެންދިޔަ ކަމަށެވެ.
އެ އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައިކަމަށް ކަސްޓަމުން ބުންޏެވެ. އެގޮތުން ޖުމްލަ 15،601 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ކަސްޓަމުން ބުންޏެވެ.
މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ތާރީހު ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެންމެ ބޮޑު ޝިޕްމެންޓުކަމަށް ކަސްޓަމުން ބުންޏެވެ.
"ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި 22،309 ވޭޕް ކާޓްރިޖް އަތުލެވިފައިވޭ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރެވެމުން." ކަސްޓަމުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
ކޮމެންޓް