އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އައިސް، މިއަދު ހަވީރު 4:00 އިން ފެށިގެން އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ. މިކަން އާންމުކޮށްފައިވަނީ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިންނެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމަކީ އެމެރިކާއާއި ގަތަރުގެ މަންދޫބުން، އީރާނުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ގާއިމުކުރި އެއްބަސްވުމެކެވެ. އެމެރިކާގެ އޮފިޝަލު ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރެވުނު ނަމަވެސް، އިސްރާއީލާއި ހިޒްބުﷲ އިން މިހާރު ވަނީ ހަމަލާތައް މެދުކަނޑާލުމުގެ ހާލަތަކަށް އައިސްފައެވެ.
މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެެެވެ. ހާއްސަކޮށް، އެމެރިކާއާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ ވަގުތީ ސުލްހައިގެ އެއްބަސްވުމަށް ކުރިމަތިވެފައިވާ ހުރަސްތަކަށް މިކަމުގެ ސަބަބުން ލުޔެއް ލިބިގެންދާނެއެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން ވަނީ އިސްރާއީލުގެ ހަމަލާތަކަކީ އެމެރިކާއާއެކު ވެފައިވާ ފުރަތަމަ މަރުހަލާގެ އެއްބަސްވުމާ ހިލާފުވުމެއް ކަމަށް މެދުވެރިންނަށް އަންގައިފައެވެ. އެހެންކަމުން، މި ހަމަލާތައް މެދުކަނޑާލުމަކީ ނިއުކްލިއަރ މަޝްވަރާތައް ފެށުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިމިވަނީ، އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ރޭ ދިން ހަމަލާތަކުގައި 18 މީހުން ވަނީ މަރުވެފައެވެ. ހަމައެއާއެކު، ހިޒްބުﷲ އިން ދިން ޑްރޯން ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ ހަތަރު މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި އިސްރާއީލު އަސްކަރިއްޔާގެ އިސް ކޮމާންޑަރަކުވެސް ހިމެނެއެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ 'ޖެރޫސަލަމް ޕޯސްޓް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިޒްބުﷲ ގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ވަނީ 80 އަށްވުރެ ގިނަ އަމާޒަށް ހަމަލާދީފައެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް