އައިވޮރީ ކޯސްޓްގެ ފޯވަޑް އެލްޔޭ ވާހީއަށް ވިސާ ހަމަޖެހި، ޖަރުމަނާ ދެކޮޅަށް ވާދަކުރުމަށް ކެނެޑާއަށް ދިޔުމުގެ ކަންކަން މިހާރު ހަމެޖެހިފައިވާ ކަމަށް އެގައުމުގެ ފެޑަރޭޝަނުން ބުނެފިއެވެ.
ވާހީއަށް ޖަރުމަނާ ދެކޮޅަށް ކުޅުމަށް ކެނެޑާއަށް އެތެރެނުވެވިދާނެކަމުގެ ބިރު، ރޭގެ ވަގުތާ ޖެހެންދެން އޮތެވެ. އެއީ ވާހީއާ ގުޅޭ މެޗު ފިކްސިންގެ މައްސަލައެއް ބަލަމުންދާތީ ކަމަށް މީޑިއާތައް ބުނެފައިވެއެވެ. އެ މައްސަލައަކީ ވާހީ މިދިޔަ މަހު ފްރާންސް ލީގުގެ ނީސްއަށް ކުޅުނު މެޗެއްގައި ގަސްތުގައި ރީނދޫ ކާޑެއް ހޯދި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލަ އަދި ސާބިތުވެފައެއް ނުވެއެވެ.
އައިވޮރީ ކޯސްޓްގެ ފެޑަރޭޝަނުން ބުނީ، ވާހީއަށް ކެނެޑާގެ ވިސާ ފުރަތަމަ ހަމަޖެހިފައި ނުވާ ކަމަށާއި، މިހާރު އެ މައްސަލައަށް ހައްލު ލިބި، އެކަމުގެ ހާސްކަން ފިލާފައިވާ ކަމަށެވެ. އައިވޮރީ ކޯސްޓުން ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ކެނެޑާގެ ޓޮރެންޓޯގައެވެ.
ކެނެޑާގެ އިމިގްރޭޝަނުން ބުނީ ރަސްމީކޮށް ބައެއް މީހުންނަށް ވިސާ ނުދޭން ނިންމާ ނަމަވެސް، ބައެއް ފަހަރު ވަގުތީ ގޮތުން އެގައުމަށް އެތެރެވާން ލިޔުން ދޭނެއެވެ. ހަބަރުތައް ބުނީ ވާހީއަށް ދީފައި ވަނީ އެކަހަލަ ވިސާއެއް ކަމަށެވެ.
ކެނެޑާގެ އިތުރުން އެމެރިކާ އަދި މެކްސިކޯގައި ވޯލްޑް ކަޕް ބާއްވަމުންދާ އިރު، އޭގެ ތެރެއިން މެކްސިކޯ ފިޔަވައި ދެން އޮތް ދެގައުމުގެވެސް އިމިގްރޭޝަން ހަރުކައްޓެވެ. އެގޮތުން ގާނާގެ ތޯމަސް ޕާޓޭއަށްވެސް ކެނެޑާގެ ވިސާ ނުލިބި މެޗު ގެއްލިފައިވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް