ފޭސްބުކް އަދި އިންސްޓަގްރާމްގައި އާންމުކޮށް ހިއްސާކުރާ ޕޯސްޓުތައް ބޭނުންކޮށްގެން އެ ކުންފުނީގެ އޭއައި ސާޗް އިންޖީނު ތަމްރީނުކޮށް، ވަގުތުން ޖަވާބުދޭ ނިޒާމެއް މިއަދު ތައާރަފުކޮށްފިއެވެ.
މި ބަދަލާއެކު، ފޭސްބުކްގެ ސާޗް ބާރުން އާދައިގެ ސާޗް ރިޒަލްޓްތަކުގެ ބަދަލުގައި ފެންނާނީ އާންމު ޕޯސްޓުތަކާއި ގްރޫޕްތަކުން މައުލޫމާތު އެއްކޮށްގެން އޭއައި މެދުވެރިކޮށް ތައްޔާރުކުރާ ޖަވާބުތަކެކެވެ. މެޓާއިން ބުނި ގޮތުގައި، މި މޮޑެލްތައް ތަމްރީނު ކުރުމަށް ބޭނުންކުރަނީ އުމުރުން 18 އަހަރުން މަތީގެ މީހުން އާންމުކޮށް ފެންނަ ގޮތަށް ކުރާ ޕޯސްޓުތަކެވެ. އަދި އަމިއްލަ މެސެޖުތައް ބޭނުންނުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ނަމަވެސް، ޑޭޓާ ޕްރައިވެސީއަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔޫރަޕުގެ ޕްރައިވެސީ ޖަމިއްޔާއެއް ކަމަށްވާ ނޮއިބް އިން ފާހަގަކުރި ގޮތުގައި، ޔޫޒަރުންގެ ރުހުމާ ނުލައި މިގޮތަށް ޑޭޓާ ބޭނުންކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ. އަދި މި ފީޗާ ފުރިހަމައަށް ނިއްވާލެވޭނެ ގޮތެއް ގިނަ ޔޫޒަރުންނަށް ނޯންނަ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލައިގައި ޔޫރަޕިއަން ޑޭޓާ ޕްރޮޓެކްޝަން ބޯޑުން މެޓާގެ އޭއައި ޕްރޮޑަކްޓްތައް މޮނިޓާކުރަމުންދާއިރު، ޔޫރަޕުގެ ބައެއް ގައުމުތަކުގައި މި ފީޗާ ބޭނުންކުރުމާ މެދު ގޮތެއް ނިންމުމަށް ކޯޓުތަކަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ.
ފޭސްބުކް
ފޭސްބުކް
ފޭސްބުކް
ފޭސްބުކް
ކޮމެންޓް