ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމަންޓެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް، މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން މާލޭ ވިޔަފާރި ބަނދަރުގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
ކަސްޓަމުން މިރޭ ބުނީ އެ ތަކެތި ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހާއި އިއްޔެ މާލޭ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ކަނޑުމަގުން ގެނައި ޝިޕްމަންޓެއްގައި ގާނޫނާ ހިލާފު ތަކެތި ހުރެދާނެކަމަށް ޝައްކު ކުރެވިގެންކަމަށް ކަސްޓަމުން ބުންޏެވެ.
އެ ޝިޕްމަންޓް ފާސްކުރިއިރު، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ފެނިފައިވާކަމަށް ކަސްޓަމުން ބުންޏެވެ.
އެ މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް ކަސްޓަމުން ބުންޏެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
ކޮމެންޓް