ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ނުކުންނަ ކޭޕް ވާޑަށް ސްޕެއިން ކަހަލަ ޗެމްޕިއަނަކާ ކުރިމަތިލާން ޖެހުމަކީ ލިބުނު އުފަލެއް ކަމަށާއި، އެއީ ހުވަފެނީ މެޗަކަށްވާނެ ކަމަށް ކޯޗު، ޕެޑްރޯ ބްރިޓޯ، ބޫބިޝްޓާ ބުނެފިއެވެ.
ޔޫރޯ ޗެމްޕިއަންކަން ހޯދައިގެން ރަނގަޅު ފޯމެއްގައި ވޯލްޑް ކަޕަށް ނުކުންނަ ސްޕެއިނަކީ މިފަހަރުގެ އެންމެ ވަރުގަދަ އެއް ފެވަރިޓުންނެވެ. ތަރިންގެ ސްޕެއިނާ ދެކޮޅަށް މިރޭ ނުކުންނަ ކޭޕް ވާޑަކީ ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮންނަ ކުޑަ ކުޑަ ޖަޒީރާ ގައުމެކެވެ. ކޭޕް ވާޑް ވޯލްޑް ކަޕަށް ކުރި ދަތުރަކީ ގިނަ ބަޔަކު ހައިރާންވެސް ކޮށްލި ދަތުރެކެވެ. އެ ދަތުރާއެކު މިރޭ ފުރަތަމަ މެޗުގައި ވާދަކުރާނީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ.
"އަހަރެމެން މިހާރުވެސް ވާހަކަ ދައްކަމުން މިދަނީ މިރޭގެ މެޗާއި މި ވޯލްޑް ކަޕުގައި އަހަރެމެން އުފާކޮށް، ހިތްހަމަ ޖައްސާނީ ކިހާވަރަކަށްތޯ. ކުރިންވެސް ބުނިން މި ވޯލްޑް ކަޕަކީ އަހަރެމެންނަށް ހަމައެކަނި ފުޓުބޯޅަ ނޫން ކަމަށް. މިއީ އަހަރެމެންގެ މުޅި ސަގާފަތަށްވެސް ލިބުނު ތާރީހީ އުފާވެރިކަމެއް،" ބޫބިޝްޓާ ބުންޏެވެ.
ބޫބިޝްޓާ ބުނީ ކޭޕް ވާޑްގެ އެންމެ ބޮޑު އަމާޒަކީ އެގައުމު އެންމެ ރަނގަޅު ގޮތުގައި ތަމްސީލުކުރުން ކަމަށާއި، މުޅި ގައުމު ދުނިޔެއަށް އެނގުން ވެގެންދާނީ އުފަލަކަށް ކަމަށެވެ.
"މި ގައުމު ރަމްޒު ކޮށްދޭ ކަންކަން މުޅި ދުނިޔެއަށް އެނގިގެން ދާން އަހަރެމެން ބޭނުން. އަހަރެމެންނަށް ފުރަތަމަ މެޗު ސްޕެއިނާ ދެކޮޅަށް ކުޅެން ޖެހުމަކީ ލިބުނު ބޮޑު ފުރުސަތެއް. އަދި އެއީ އުފަލެއް. މިއީ އެތައް ބައެއްގެ ހުވަފެނީ މެޗެއް،" ކޯޗު ބުންޏެވެ.
މިފަހަރު ވޯލްޑް ކަޕް ނަގާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ މެޗުގެ ކުރިން ބުނީ ކޭޕް ވާޑަކީ ސަޕްރައިޒެއް ދެވޭނެ ޓީމެއް ކަމަށެވެ. އެކަމާ ގުޅިގެން ބޫބިޝްޓާ ބުނީ، އެކަން ބަލައިގަނެ ވާދަކުރާނެ ކަމަށެވެ. އަދި ބޭނުންވެއްޖެ ނަމަ ސްޕެއިން ކައިރީގައިވެސް އެޓޭކް ކުރަން ޖެހިލުން ނުވާނެ ކަމަށް ކޯޗު ބޫބިޝްޓާ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮންމެރެއެއްގެ މެޗްތައް...ކުޅޭގަޑިއާ އެކު ވަކިޚަބަރެއްގެ ގޮތުގައި ޖައއސަވާދެއއވުންއެދެމެވެ.....މިއީ ތިޔަނޫހައް ވަރައް ފައިދާ ހުރިކަމެއްކަމުގާ ދެކެމެވެ.......
ާއަލީ އިދުރީސް - 7 ދުވަސް ކުރިން