އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވައިލި އާ ނިއުކްލިއަ އެއްބަސްވުމުގެ އޮނިގަނޑު ފާސްކޮށްފިއެވެ. މި އޮނިގަނޑުގެ ދަށުން، އީރާނުގައި ފައްކާކޮށްފައިވާ ޔުރޭނިއަމް ގައުމުން ބޭރުކުރުމުގެ ބަދަލުގައި، އޭގެ ބާރު ދަށްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އީރާނުގެ އެތެރޭގައެވެ. މިއީ ކުރިން އެމެރިކާއިން ގެންގުޅުނު ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ.
މި އެއްބަސްވުމުގެ މައިގަނޑު ފަރާތްތަކަކީ އެމެރިކާގެ ސަރުކާރާއި އީރާނެވެ. ރިޕޯޓުތައް ބުނާ ގޮތުން، އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު ދަށްކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދާނީ ސީދާ އީރާނުގައެވެ. މީގެ ކުރިން އެމެރިކާއިން ޑިމާންޑުކުރަމުން ދިޔައީ ފައްކާކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް އީރާނުން ބޭރުކުރުމަށެވެ. ނަމަވެސް، އަލަށް އެކުލަވައިލި އޮނިގަނޑުގެ ދަށުން އެކަން ވަނީ ބަދަލުވެފައެވެ.
މި އޮނިގަނޑުގައިވާ ގޮތުން، އެއްބަސްވުމުގެ ފަންނީ ތަފުސީލުތައް ނިންމުމަށް 60 ދުވަހުގެ މަޝްވަރާގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، މީގެ ކުރިން އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް ދީފައިވާ ވައިގެ ހަމަލާތަކުގެ ސަބަބުން އުފެދިފައިވާ ރޭޑިއޯއެކްޓިވް ކުނިބުނި ސާފުކުރުމުގެ މައްސަލައަށްވެސް މި އޮނިގަނޑުގައި ވަނީ ހައްލެއް ހޯދައިދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ކުނިބުނި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ވަކި ތާވަލެއް ވަނީ އެކުލަވައިލައިފައެވެ. މި މަސައްކަތްތައް ގާތުން މޮނިޓަރކުރަމުން ގެންދާނެ ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ. މިހާރު ކުރިއަށްދަނީ 60 ދުވަހުގެ މަޝްވަރާގެ މުއްދަތުގެ ތެރެއިން ފުރިހަމަކުރާން ޖެހޭ އިދާރީ ކަންކަން ނިންމުމުގެ މަސައްކަތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް