މިދިޔަ އަހަރު ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވި ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު ޑިއޭގޯ ޖޮޓާގެ ހަނދާނުގައި ގައުމީ ޓީމުން ވޯލްޑް ކަޕްގައި ކުޅޭ އިރު، ހާއްސަ ބޭންޑެއް އަތުގައި އަޅަން ނިންމައިފިއެވެ.
ޖޮޓާ، މިދިޔަ އަހަރު ޖުލައި މަހު ކާރު އެކްސިޑެންޓްގައި މަރުވީ ސީޒަން ބްރޭކަށްފަހު އެނބުރި ލިވަޕޫލަށް ދިޔުމުގެ ތެރޭގައެވެ. ކައިވެންޏަށް ފަހު ޗުއްޓީ ނިންމާލައި، ޖޮޓާ، އޭނާގެ ކޮއްކޮއާ އެކު ލަމްބޯގިނީއެއްގައި އިނގިރޭސިވިލާތަށް ދާން ދިޔައީ މަތިން ދަތުރުކުރުމަށް ޑޮކްޓަރު ހުއްދަ ދީފައި ނުވާތީއެވެ. އެ މަރާއެކު މުޅި ފުޓުބޯޅަ ދުނިޔެއަށް ވަނީ ސިހުން ގެނުވައިފައެވެ.
ޕޯޗުގަލްއިން ޖޮޓާގެ ހަނދާނުގައި ކުޑަހުޅުގައި އަޅާ ބޭންޑަކީ އެގައުމުގެ ޕްރައިމް މިނިސްޓަރު ލުއިސް މޮންޓެނެގްރޯ ކުޅުންތެރިންނަށް ހަދިޔާ ކޮށްފައިވާ ބޭންޑެކެވެ. އެ ބޭންޑުގައި މިހާރު ސްކޮޑުގެ ހުރިހާ ކުޅުންތެރިންގެ ނަމާއެކު ޖޮޓާގެ ނަން ހިމަނާފައިވެއެވެ.
ޖޮޓާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް 49 މެޗު، 14 ގޯލް ޖަހައިދީފައެވެ. ޕޯޗުގަލްގެ ކުޅުންތެރިން ބުނެފައި ވަނީ ވޯލްޑް ކަޕަށް ސްކޮޑު ތައްޔާރުވި އިރުވެސް ޖޮޓާގެ ހަނދާންތައް ޓީމު ތެރޭގައި އަދިވެސް ފިލައިގެން ނުދާ ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026