ކުރިން ޔޫރޯ 2024 ސްޕެއިނުން ކާމިޔާބު ކުރި އިރު، ދަބަސް ތެރެއަށްލި އަންހެނުން "ލަކީ ޕަޖާމާ ޓޮޕް" މިފަހަރު ވޯލްޑް ކަޕަށް ވެސް ގެންދިޔަ ކަމަށް ޑިފެންޑަރު މާކް ކުކުރޭޔާ ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ޗެލްސީ ވިންގް ބެކް ކުކުރޭޔާއަކީ ސްޕެއިނުން އެންމެފަހުން ޔޫރޯ ކާމިޔާބު ކުރި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެފަހަރު ފައިނަލުގެ އިތުރު ވަގުތުގައި ސްޕެއިނުން އިންގްލެންޑް ކޮޅަށް ގޯލް ޖެހުމުގައި ވެސް އޭނާގެ ބައިވެރިވުން އޮތެވެ. މިކޭލް އޮޔަރްޒަބާލް ފައިނަލުގައި އިންގްލެންޑް ކޮޅަށް ގޯލް ޖެހީ ކުކުރޭޔާ ދިން ބޯޅައެއްގައެވެ.

"އަހަރެން އަތުގައި އެބައޮތް ކުދިން ދިން ތަޅުދަނޑި ފުލުގައި ލާ ރިންގެއްވެސް. އަދި އަހަރެން މިއައީ އަންހެނުން ޕިޖާޕާ ޓޮޕް ހިފައިގެން. އެއީ ނަސީބު ރަނގަޅުވާނެ ކަމަށް ސޫޓް ކޭސްއަށް ލައިގެން ގެނައި އެއްޗެހި. އެއީ ޔޫރޯއަށްވެސް ގެންދިޔަ އެއްޗެހި،" ކުކުރޭޔާ ބުންޏެވެ.

ބައެއް ޕްރޮފެޝަނަލް ކުޅުންތެރިންވެސް ނަސީބު ރަނގަޅު ކުރުމަށް ބައެއް އެއްޗެހި ބޭނުންކުރިތަން މީގެ ކުރިންވެސް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ލިއޮނަލް މެސީގެ ރަތް ރިބަން ކޮޅަކީވެސް ފާހަގަކޮށްލެވުނު އެއްޗެކެވެ. އަދި މީގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައި ވަނީ އޭނާގެ އަތުގައި އަބަދުވެސް ކާފަ ދިން ކޮއިނެއް އޮންނަ ކަމަށެވެ.