މިއަދު ކުރިއަށްދިޔަ ދ. މީދޫ ކައުންސިލް ރައީސް މަގާމު ހޮވުމަށް ނެގި ވޯޓު، ސަރުކާރުގެ މައި ޕާޓީ، ޕީއެންސީގެ ކެނޑިޑޭޓް ކާމިޔާބު ކޮށްފިއެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ އެމްޑީއޭގެ ފަރާތުން މުހައްމަދު ޝާހިދާއި ޕީއެންސީގެ ފަރާތުން ސުހާ އިބްރާހީމެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މި އިންތިހާބުގެ ކުރީގައި އުޅެނީ ސުހާއެވެ.
މި އިންތިހާބުގައި ޖުމްލަ ތިން ފޮށި ބެހެއްޓި އިރު، ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ސުހާއެވެ.
މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަންގައި 985 މީހުން ވޯޓު ލާފައިވާ އިރު، ސުހާއަށް ލިބުނީ 529 ވޯޓެވެ. ޝާހިދަށް ލިބުނީ 449 ވޯޓެވެ.
މިއަދު އެ ގޮނޑީގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.
އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރި އިރު، ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބިފައިވާ ކަމަށް ދެއްކިއެވެ. ނަމަވެސް އެމްޑީއޭގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެން އަލުން ވޯޓު ގުނުމުން، ސުހާއަށް ލިބުނު ދެ ވޯޓެއް ބާތިލު ކަމަށް އީސީން ނިންމިއެވެ. އެ ނިންމުމާއެކު، ސުހާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން މައްސަލަ ބަލައި ނިންމީ، ބާތިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެކެވެ. އެ ވޯޓުގައި ފާހަގަ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، އެއީ ކާކަށް ދިން ވޯޓެއްކަން ސާފުކޮށް އެނގެން އޮތުމުން އެއީ ސައްހަ ވޯޓެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ. މި ހުކުމާ އެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު ވަނީ 392 އިން އެއްވަރުވެފައެވެ.
އިންހާބުގައި ވޯޓުލުމުގެ ހައްގު 1049 މީހަކަށް ލިބުނެވެ. އެގޮތުން މީދުއަށް 587 މީހުން އަދި މާލެއަށް ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 462 މީހުންނެވެ.
ދ. މިދޫ
ދ. މިދޫ
ދ. މިދޫ
ދ. މިދޫ
ކޮމެންޓް