މިއީ ތާރީހުގައިވެސް އެންމެ ބޮޑު ވޯލްޑް ކަޕެވެ. ފޯމެޓަށްވެސް އޭގެ ސަބަބުން ބަދަލު އައިސްފިއެވެ. ތާރީހީ ބޮޑު ބަދަލަކާވެސް އެކުގައެވެ. 48 ޓީމު 12 ގްރޫޕަކަށް ކުޅޭ އިރު، ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އާއި ދެވަނައަށް ގަދަ 32 ޓީމުގެ ބުރުން ޖާގަ ޔަގީންވާނެއެވެ. އޭގެ އިތުރުން 12 ގްރޫޕްގެ ތެރެއިން އަށް ގްރޫޕެއްގެ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތައްވެސް އެ ބުރަށް ދާނެއެވެ.
މިއީ ގަދަ 32 ޓީމުގެ ނޮކްއައުޓް ބުރެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. މިފަހަރު ގުރުއަތު ނެގި އިރުވެސް ރޭންކިންނަށް ބަލައި ގަދަ ބާރުތައް ދެފަޅިއަކުން ކުޅެން ޖެހޭ ގޮތަށް ގުރު ނަގާފައިވާ އިރު، ނޮކްއައުޓަށް ކޮލިފިކޭޝަން އޮތް ގޮތުން ގްރޫޕް ސްޓޭޖު އިތުރަށް ފޯރިގަދަވާނެއެވެ. އެއީ ނަތީޖާ ކަނޑައެޅުމުގައި އެންމެ ފަހު މެޗާ ހަމައަށް ދާނެތީއެވެ. އަދި ހުރިހާ ޓީމަކަށްވެސް ގްރޫޕް ސްޓޭޖު ނިމެންދެން އިންތިޒާރު ކުރަން ޖެހޭތީއެވެ.
މީގެ ކުރިންވެސް ތިންވަނައަށް ނޮކްއައުޓަށް ދެވޭނެ ގޮތަށް ވޯލްޑް ކަޕް ކުޅުނު
މީގެ ކުރިން ވޯލްޑް ކަޕްގެ ފޯމެޓަށް ތަފާތު ބަދަލުތައް ގެނައެވެ. ދެވަނަ ގްރޫޕް ސްޓޭޖެއް ކުޅުމާއި މެދުތެރެއިން ގްރޫޕް ސްޓޭޖެއް ކުޅެން ޖެހުމުގެ އުސޫލު ވެސް ބައެއް ފަހަރު ފެނުނެވެ. ގަދަ ތިންވަނަ ޓީމުތަކަށް ނޮކްއައުޓަށް ދެވޭ ގޮތަށް ފެނުނީ މެކްސިކޯ 1986، އިޓަލީ 1990 އަދި އެމެރިކާ 1994 ވަނަ އަހަރު ވޯލްޑް ކަޕްތަކުގައެވެ. މިފަހަރު މިއީ އެ ބަދަލުގެ އެނބުރި އައުމެކެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026